މާލޭގެ ދެކުނު ފަރާތު ފަޅުތެރޭ، ވިލާ ގޭސް އާ ދިމާލު އެއްގަމު ތޮށީގައި އަޅާފައި ވަނިކޮށް ދިޔަވެ އަޑިއަށްދިޔަ ލޯންޗެއް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންގެ އެހީތެރިކަމާ އެކު ފެންމަތިކޮށްފި އެވެ.
އެމްއެންޑީއެފް އިން ބުނީ، އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ 19:47 ހާއިރުކަމަށެވެ. އަދި، ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން އެ ސަރަހައްދަށް ގޮސް ލޯންޗު ފެންމަތިކުރުމަށް ސިފައިން ކުރި މަސައްކަތުން އެ ލޯންޗް ފެންމަތިކުރެވިފައިވަނީ ރޭގެ 22:00 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.