back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ފެލިވަރު ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް އަވަސް ކުރުމަށް މަޝްވަރާތަކެއް!

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް(އެފްއެފްސީ)ގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމުގެ މަޝްރޫއުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

އޭއެފްސީ ހިންގަމުން އަންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނީ، އެކުންފުނީގެ ސީއީއޯ ޑރ. ވިތާލީ ލުބިމޯފްއާއި ކުންފުނީގެ މެނޭޖްމެންޓް ޓީމުން ފެލިވަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ކޮންޓްރެކްޓަރުކަމަށްވާ އިންޑިއާގެ ރައިނެކް އިންޑިއާ ލިމިޓެޑާއެކު، މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި މަޝްރޫއުގެ އެކި މަރުހަލާތަކަށް ކަނޑައަޅާފައި ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ނިންމައި ކާމިޔާބުކަމާއެކު މަސައްކަތްކުރިޔަށް ގެންދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެވިފައިވާކަމަށް މިފްކޯއިން ބުންޏެވެ.

އެފްއެފްސީ ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ރައިނެކްއާ ހަވާލުކުރީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހިރާއްޖެއަށް ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ޚަރަދުކޮށްގެން ހިންގާ މިމަޝްރޫއަށް 22 މިލިއަން ޑޮލަރު ޚަރަދުކުރުމަށް ނިންމާފައި ވެއެވެ. މިމަޝްރޫއުގެ ދަށުން އެފްއެފްސީގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ އިތުރަށް، 200 ޓަނުގެ ބްރައިން ފްރީޒިން އާއި 80 ޓަނުގެ އާރު.އެސް.ޑަބްލިއު ސިސްޓަމެއް ގާއިމްކުރެވޭނެ ކަމަށް މިފްކޯއިން ބުނެފައި ވެއެވެ.

މި މަޝްރޫއު ނިންމާ އޮޕަރޭޓްކުރަން ފެށުމާއެކު އެފްއެފްސީއަށް ދުވާލެއްގެ މައްޗަށް 280 ޓަނުގެ މަސް އިތުރަށް ކިރޭނެ ޖާގަ ލިބި، މަސްވެރިން ބާނާ މަސް ދުވަހުން ދުވަހަށް ކިރޭނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް ލިބިގެން ދާނެއެވެ. އަދި، އެ މަޝްރޫއުގެ ސަބަބުން އުތުރުގެ މަސްވެރިން ކޫއްޑޫއަށް މަސްކިރަން ދިއުމަށް ކުރާ ދިގު ދަތުރުތައް ނިމުމަކަށް އައިސް، އުތުރުގެ މަސްވެރިން ތެލަށް ކުރާ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެއެވެ.

 

މިލިޔުމާއި ގުޅޭ