back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ގައްދޫ އައިސް ޕްލާންޓް ހުއްޓުނީ ކޮންޑެންސަރ ޕަމްޕަށް ދިމާވި މައްސަލައަކާ ގުޅިގެން: މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ގދ ގައްދޫގައި ހިންގަމުން އަންނަ އައިސް ޕްލާންޓްގެ އޮޕަރޭޝަން ހުއްޓުނީ އެ ޕްލާންޓްގެ ކޮންޑެންސަރ ޕަމްޕަށްް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް، އެކުންފުނިން ބުނެފި އެވެ.

މިފްކޯއިން މިއަދު ބުނީ،  އައިސް ޕްލާންޓްގެ ކޮންޑެންސަރ ޕަމްޕަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ކޫއްޑޫ އިންޖިނިއަރަކު މިހާރު އެތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެހެންނަމަވެސް، އެއްކޮށް މަރާމާތުކޮށް އޮޕަރޭޝަނަށް ގެނެވޭވަރުވާނީ ކޮންއިރަކުކަމެއް ބުނެފައެއް ނުވެއެވެ.

ގައްދޫ އައިސް ޕްލާންޓަށް ދިމާވި މައްސަލައާއި ގުޅިގެން އެތަނުގެ އޮޕަރޭޝަން ހުއްޓިފައިވާތީ މިވަގުތު ގައްދޫ މަސްވެރިން އައިސް އަޅަމުން އަންނަނީ މިފްކޯއިން ފަރެސް މާތޮޑާގައި އޮޕަރޭޓްކުރަމުން އަންނަ އައިސް ޕްލާންޓުންނެވެ.

ގައްދޫ އައިސް ޕްލާންޓް އަޕްގްރޭޑް ކުރުމަށް ފަހު މިފްކޯއިން އެތަން އަލުން ހުޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. ގައްދޫ އައިސް ޕްލާންޓުގެ ކެޕޭސިޓީ 25 ޓަނުން 50 ޓަނަށް އަޕްގްރޭޑް ކުރިއިރު، އެތަނުން ދުވާލެއްގެ މައްޗަށް 50 ޓަނުގެ ފްލޭކްސް އައިސް އުފެއްދެއެވެ.

މިލިޔުމާއި ގުޅޭ