back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ތިނަދޫ އައިސް ޕްލާންޓަށް ދިމާވި މައްސަލަ ހައްލުކުރުމަށް އިންޖިނިއަރުން ދަނީ ހަރަކާތްތެރިވަމުން: މިފްކޯ

ގދ. ތިނަދޫ އައިސް ޕްލާންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އިންޖިނިއަރުން ހަރަކާތްތެރިވަމުންދާކަމަށް، އެތަން ހިންގަމުން އަންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.

ތިނަދޫ އައިސް ޕްލާންޓްގެ އޮޕަރޭޝަން ހުއްޓި އެތަނުން މަސްވެރިންނަށް އައިސް ދޫކުރުން ހުއްޓާލާފައިވާ މައްސަލައިގައި މިފްކޯއިން ބުނީ، އެ ކުންފުނީގެ އިންޖިނިއަރުން މިހާރު އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އެ ޕްލާންޓަށް ދިމާވެފައިވާ މައްސަލަ މިހާރު ދެނެގަނެވިފައިވާކަމަށެވެ.

”ތިނަދޫ އައިސް ޕްލާންޓުގަވެސް އުޅެނީ ކޮންޑެންސަރ އިޝޫއެއް. އިންޖިނިއަރުން ދަނީ އެތަނުގައިވެސް މަސައްކަތް ކުރަމުން.“ މިފްކޯއިން ބުންޏެވެ.

ތިނަދޫ އައިސް ޕްލާންޓްގެ އޮޕަރޭޝަން ހުއްޓިފައިވާއިރު، ތިނަދޫ އޮޑިފަހަރުތައް މިހާރު އައިސް އަޅަމުންދަނީ ފަރެސްމާތޮޑާ އައިސް ޕްލާންޓުންނެވެ. މިއީ ހުރިހައި ގޮތަކުން ބެލިނަމަވެސް ވަރަށް އަގުބޮޑު ދަތުރެެކެވެ.

މިލިޔުމާއި ގުޅޭ