back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އުނގޫފާރު ބަނދަރުގައި އައިސްބޮކްސް ބަހައްޓަން ބިން ކުއްޔަށް ދެނީ

ރ. އުނގޫފާރު ލޯންޗް ޖެޓީ ސަރަޙައްދުން މަހުގެ ވިޔަވާރިކުރުމަށް އައިސްބޮކްސް ބެހެއްޓުމަށް ބިން ކުއްޔަށް ދިނުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

އުނގޫފާރު ކައުންސިލުން ބުނީ، ފަރުމަހުގެ ވިޔަފާރިއަށް ބޭނުންވާ އައިސް ބޮކްސް ބެހެއްޓުމަށް ދޫކުރުމަށް ނިންމާފައިވަނީ އެރަށުގެ ބަނދަރުގެ އުތުރުން 10 ފޫޓް 15 ފޫޓްގެ 05 ބިން  ކަމަށެވެ. އަދި އެންމެ ބޮޑު ކުއްޔެއް ހުށަހަޅުއްވާ 05 ފަރާތަކަށް ބިންތައް 01 އަހަރު ދުވަހު މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާއިރު، އެ ބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބިޑްގައި ރަޖިސްޓްރީވުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާ ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ބިޑް ރަޖިސްޓްރީކުރުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 2025 ޖަނަވަރީ 27 ވާ ހޯމަ ދުވަހުގެ 14:00 ގެކުރިން ކައުންސިލަށް ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ. ބިޑް ރަޖިސްޓްރީކުރުމަށް އެދޭ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބޭނެކަމަށާއި، މިކަމާއި ބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ ރަސްމީގަޑީގައި  ކައުންސިލް އިދާރާގެ 6580118 ނަންބަރު ފޯނާއި ގުޅާލުމަށް ކައުންސިލުން އެދިފައި ވެއެވެ.

މިލިޔުމާއި ގުޅޭ