back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ލަންކާ ބޯޓެއް އަތުލައިގަނެފި

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގަނެފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް)އިން ބުނީ ކޯސްޓްގާޑުން އަތުލައިގަތީ ސްރީލަންކާއަށް ނިސްބަތްވާ ބޯޓެއްކަމަށެވެ. އަދި އެބޯޓު އަތުލައިގަތްއިރު އޭގައި 6 މީހުން ތިބި ކަމަށާއި، އެ ބޯޓް މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސް(އެމްޕީއެސް)އާ ހަވާލުކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ކޯސްޓްގާޑުން އަތުލައިގަތް ލަންކާ މަސް ބޯޓް/ ފޮޓޯ:އެމްއެންޑީއެފް

ގަވައިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި އަވަށްޓެރި ގައުމުތަކަށް ނިސްބަތްވާ ބޯޓްފަހަރު ދޭތެރެ ދޭތެރެއިން އަތުލައިގަނެއެވެ. އަދި، އެބޯޓްތައް ޖޫރިމަނާކޮށް، ބައެއް ފަހަރު އެފަދަ ބޯޓްތައް ދައުލަތައް ނަގާފައި ވެއެވެ.

މިލިޔުމާއި ގުޅޭ