މ. މުލަކުގައި މިހާރުވެސް މަސްވެރިކަން ކުރަމުން އަންނަ ”ދޫރެސް“ ދޯނި ވިއްކާލަން ނިންމައިފި އެވެ.
ދޫރެސް ދޯނީގެ ވެރިފަރާތުން ބުނީ، އެދޯނި ވިއްކާލަން ނިންމާފައިވަނީ 3.8 މިލިއަން ރުފިޔާއަށް ކަމަށެވެ. އަދި އެ ދޯނި ގަންނަން ބޭނުންވާ ފަރާތްތަކަށް އަގު ނެގޯޝިއޭޓްކުރުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ދޯނީގެ ވެރިފަރާތުން ބުންޏެވެ.
މަސްވެރިކަމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ، 86 ފޫޓް ދިގުމިނުގެ ”ދޫރެސް“ ދޯނި ވިއްކާލަނީ އޭގައި ބޭނުންކުރާ ހުރިހައި ސާމާނާއެކުގައެވެ. އޭގެތެރޭގައި، 350 ގެ ޔަންމާ ޑީސެލް އިންޖީނާއި، 35ކިލޯވޮޓްގެ ޖަނަރޭޓަރު ހިމެނެއެވެ.
ދޯނި ގަންނަން ބޭނުންވާ ފަރާތްތަކުން 7778410 ނުވަތަ 7770043 އަށް ގުޅާލުމަށް ދޯނީގެ ވެރިފަރާތުން އެދިފައި ވެއެވެ.