back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ސީނު ގްލޯބަލް އިން ފީވަކުގައި ބޯޓް ޔާޑެއް ތަރައްގީ ކުރަނީ

ށ. ފީވަކު ބަނދަރުގެ ހުޅަނގު އުތުރު ފަރާތުގައި ބޯޓްޔާރޑެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތައް އެރަށު ކައުންސިލުން ހުޅުވާލި ބީލަން ސީނު ގްލޯބަލް ކުންފުނިން ކާމިޔާބުކޮށްފި އެވެ.

ސީނު ގްލޯބަލް އިން ބީލަން ކާމިޔާބުކޮށްފައިވަނީ، އިތުރު 2 ކުންފުންޏަކާއި ވާދަކޮށްގެންނެވެ. ފީވަކު ކައުންސިލުން އާންމުކޮށްފައިވާ ބިޑް އިވެލުއޭޝަން މައުލޫމާތުތަކަށް ބަލާއިރު،ސީނު މޯލްޑިވްސް ބީލަން ކާމިޔާބުކޮށްފައިވަނީ އެންމެ މަތިންް މާކްސް ހޯދައިގެންނެވެ. އެއީ 85 މާކްސްއެވެ. ސީނު ގްލޯބަލް އާ އެންމެ ގާތުން ވާދަކުރި ސީނު ލޮޖިސްޓިކްސް ކުންފުންޏަށް ލިބިފައިވަނީ، 69.18 މާކްސް އެވެ.

ބޯޓް ޔާޑް ތަރައްގީ ކުރުމަށް، ފީވަކު ކައުންސިލުން، ސީނު ގްލޯބަލް އަށް ދޫކުރަނީ އެރަށުގެ ބަނދަރު ހުޅަނގު އުތުރު ފަރާތުން، 90،212 އަކަފޫޓްގެ ބިމެކެވެ. އޮޑި ދޯނިފަހަރު ބަނުމާއި، މަރާމާތުކުރުމާއި، އެއާ ގުޅުން ހުރި ވިޔަފާރިތައް ކުރުމަށްޓަކައި ބޯޓްޔާޑެއް ތަރައްގީ ކުރަން މި ބިން ސީނު ގްލޯބަލް އަށް ކުއްޔަށް ދޫކުރަނީ 40 އަހަރުގެ މުއްދަތަކަށެވެ. ސީނު ގްލޯބަލް އިން ކުލީގެ ގޮތުގައި ކައުންސިލަށް ދައްކަން ހަމަޖެހިފައިވަނީ އަހަރަކު 173،737.00 ރުފިޔާ އެވެ.

ބޯޓްޔާޑް ތަރައްގީކުރުމަށް ސީނު ގްލޯބަލް އިން 37.5 މިލިއަން ރުފިޔާ ޚަރަދުކުރާނެއެވެ. އަދި ފީވަކުގެ އިޖުތިމާއީ ކަންކަމަށް އަހަރަކު 69،386.00 ރުފިޔާ ސީނު ގްލޯބަލްސްއިން ޚަރަދުކުރާނެއެވެ.

ބިން ހަވާލުކުރުމާއި، އަދި ބޯޓް ޔާޑުގެ މަސައްކަތްތައް ކުރިޔަށް ރޭވިފައި އޮތްގޮތުގެ މައުލޫމާތު ފީވަކު ކައުންސިލުންނާއި ސީނު ގްލޯބަލްއިން ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުމާއި ގުޅޭ