ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ(މެޓް) އިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.
ހެނދުނު 10:15 އިން ހަވީރު 04:00އާ ހަމަޔަށް ހުދު ސަމާލު ނެރެފައިވަނީ ނ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމަޔަށެވެ. ސަމާލު ނެެރެފައިވާ ވަގުތުގައި އެ އަތޮޅުތަކަށް، ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
ކުރިޔަށް އޮތް 24 ގަޑީއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ، އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެން ވާކަމަށެވެ. އަދި، އިރާއި އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެލަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ބުނެފައި ވެއެވެ.
މެޓް އޮފީހުން ލާފާކުރާގޮތުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ. ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ، 4 – 7 ފޫޓުގެ އިސްމިނުގަ އެވެ.