back to top
28.8 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އޮޑި ހަރުގެ އެޅުމަށް ވެލިދޫ އިންޑަސްޓްރިއަލް ޒޯނުން ބިމެއް ކުއްޔަށް ދޫކުރަނީ

އޮޑި ހަރުގެ އެޅުމަށް، ނ.ވެލިދޫ އިންޑަސްޓްރިއަލް ޒޯންއިން ބިމެއް ކުއްޔަށްދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

ނ.ވެލިދޫ ކައުންސިލުން ބުނީ، އިންޑަސްޓްރިއަލް ޒޯން އިން އޮޑި ދޯނިފަހަރު ބަނދެ މަރާމާތުކުރުމަށް އޮޑި ހަރުގެ އެޅުމަށް، 7200 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އަދި، އެބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޖަނަވަރީ 2025ގެ ހެނދުނު 11:00އަށް ކައުންސިލް އިދާރާއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭކަމަށް ކައުންސިލުން ބުނެފައި ވެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމަށްވެސް ކައުންސިލުން ބުންޏެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކުގެ ތެރެއިން އޮޑި ނަމްބަރު ދޫކުރެވިފައިވާ ފަރާތްތަކަށެވެ. އޮޑި ނަމްބަރަށް ހަރުގެ އެޅުމަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަވެގެން ސައުވީސް (24) މަސްދުވަހަށެވެ. އަދި ބިމަށް އެދި ހުށަހަޅާ ފަރާތަކީ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކާ އޮތް ފަރާތަކަށް ވެގެންނުވާނެކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ