back to top
28.6 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

”ޑައިވް-40“ ހަރަކާތުގައި އެއްގަމާއި ކަނޑުން 790.06 ކިލޯގެ ކުނި އެއްކުރެވުނު: އެލައިޑް

އެލައިޑް އިންޝުއަރަންސަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބާ ފެށުމުގެ ގޮތުން އިއްޔެ ކ.ހިންމަފުށީގައި ކުރިޔަށް ގެންދިޔަ ”ޑައިވް40“ ހަރަކާތުގައި 790.06 ކިލޯގެ ކުނި، ކަނޑުންނާއި އެއްގަމުން އެއްކުރެވުނު ކަމަށް އެކުންފުނިން ބުނެފި އެވެ.

”ޑައިވް40ގެ“ ނަމުގައި އިއްޔެ ކުރިޔަށްގެންދިޔަ މި ހަރަކާތުގައި މޯލްޑިވްސް އެކަޑެމީ އޮފް ޑައިވިންގ އާއި އެކު ކުރިޔަށްގެންދިޔަ އެވެއަރނެސް ސެޝަށް އާއި ”ޑައިވް އަގެއިންސްޓް ޑެބްރީ“ގެ އިތުރުން ހިންމަފުށީ ކައުންސިލާއި ސްކޫލް އަދި ގެސްޓްހައުސްތައް ގުޅިގެން ކުރިޔަށްގެންދިޔަ ހިންމަފުށީ މަލަމަތި ސާފުކުރުމުގެ ހަރަކާތް ފާހަގަކޮށްލެވެއެވެ. މި ތިން ހަރަކާތުގައިވެސް އެލައިޑުގެ މެނޭޖްމަންޓާއި މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ، ޕްލާސްޓިކް މަދުކޮށް ކަނޑުތައް ރައްކާތެރިރުމުގެ އަމާޒަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެލައިޑްގެ ”ޑައިވް40“ ހަރަކާތުގެތެރެއިން- ފޮޓޯ: އެލައިޑް

އެލައިޑުން ބުނީ، ”ޑައިވް40“ ހަރަކާތުުގެ ތެރެއިން، ތިމާވެއްޓަށް ނޭދެވޭ ކުނި އެއްކުރުމުގެ މަސައްކަތުގެ ތެރެއިން 790.06 ކިލޯގެ ކުނި ކަނޑުންނާއި އެއްގަމުން އެއްކުރެވުނު ކަމަށެވެ. އޭގެތެރޭގައި، ޕްލާސްޓިކާއި، ބިއްލޫރިއާއި، ދަގަނޑާއި. ލަކުޑިއާއި، ޓަޔަރާއި، އަންނައުނު ފަދަ ނެތިގެން ނުދާ ކުނީގެ ބާވަތްތައް ހިމެނޭކަމަށް އެލައިޑުން ބުނެފައި ވެއެވެ. އެލައިޑުން ބުނީ، ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ގިނަ ކުނި އެއްކުރުމުން ހިތްހަމަޖެހުނުކަމަށާއި، މިކަމަކީ ކުރިއަށްއޮތްތާނގަވެސް ކުރަން ޖެހޭ މަސައްކަތަކެއްކަން މި ހަރަކާތުމް ސިފަވެގެންދިޔަ ކަމަށެވެ.

”ސަބަބަކީ ޕްލާސްޓިކާއި ދުރުހެލިވުމަށް އިޖާބަ ދޭ، ހޭލުންތެރި މުޖުތަމައުއެއް އުފެއްދުމުގެ މުހިންމުކަން މިކަމުން ސާފުވެގެންދިޔުން.“ އެލައިޑުން ބުނެފައި ވެއެވެ.

އެލައިޑުން ބުނީ މިކަމަށް އިތުރަށް ހޭލުންތެރިކުރުމުގެ މަގުސަދުގައި ޑައިވް40 އިން އެއްކުރި ޕްލާސްޓިކް ކުނި ބޭނުންކޮށްގެން ދިވެހި ފަންނުވެރިއަކު ތައްޔާރުކުރާ ހާއްސަ އުފެއްދުމެއް، އަންނަ ފެބްރުއަރީގައި ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯ 2025 ގައި ފީޗަރކުރުމަށް އެކުންފުނިން ނިންމާފައިވާކަމަށެވެ. މި އުފެއްދުން ފީޗަރކުރުމުގެ މައިގަނޑު މަގުސަދަކީ، އެއްބަޔަކު އަނެއްބަޔަކާއި ގުޅިގެން މަސައްކަތްކޮށްފިނަމަ ޙާޞިލުކުރެވޭނެ ކަންތައްތަކުގެ ލާމަސީލު ރަމްޒެއްގެ ގޮތުގައި ދައްކާލުންކަމަށް އެލައިޑުން ފާހަގަކޮށްފައި ވެއެވެ.

އެލައިޑްގެ ”ޑައިވް40“ ހަރަކާތުގެތެރެއިން- ފޮޓޯ: އެލައިޑް

އެލައިޑުން ބުނީ، 40ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ފެށުން ވަރަށްވެސް ކާމިޔާބުކަމަށެވެ. އަދި، ޑައިވް40 އަކީ ރަނގަޅު ނަތީޖާއެއް ނެރެވުނެ އިވެންޓަކަށް ހެދުމަށްޓަކައި މަސައްކަތްކޮށްދެއްވި، ހިންމަފުށީގައި ބޭސްވެފައި ތިބި އެންމެހާ ފަރާތްތަކާއި، އެލައިޑް ޓީމުގެ އިތުރުން މިހަރާކާތުގައި ބައިވެރިވުމަށް މާލެއިން ދިޔަ ކުޅަދާނަ ޑައިވަރުންގެ ޓީމަށްވެސް އެލައިޑުންވަނީ ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.

އެލައިޑް އިންޝުއަރަންސްގެ އަހަރީ ދުވަހަކީ ޖަނަވަރީ 30ވަނަ ދުވަހެވެ. މިދުވަހާއި ގުޅުވައިގެން ކޮންމެ އަހަރަކުވެސް އެކުންފުނިން ދަނީ ތަފާތު ގިނަގުނަ ހަރަކާތްތަކެއް ބާއްވަމުންއެވެ. އެލައިޑްގެ އަމާޒަކީ، އެހެން އަހަރުތަކާއި ޚިލާފަށް، 40 އަހަރު ފުރޭ މުނާސަބަތުގެ ހަރަކާތްތައް މުޅި އަހަރުތެރެއަށް ބަހާލައިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދިޔުމެވެ. ސަބަބަކީ، ކުންފުނީގެ ތަރައްގީއަށް ދިވެހި ހުރިހައި ރައްޔިތުންދޭ އިތުބާރާއި ޔަގީންކަމާއެކު، ކުންފުނިން ހޯދާފައިވާ 40 އަހަރުގެ ކުރިއެރުން ވީހާވެސް ގިނަ ރައްޔިތުންނާއި ހިއްސާކުރުންކަމަށް އެލައިޑުން ބުންޏެވެ.

މިލިޔުމާއި ގުޅޭ