މޫސުން ގޯސްވެ، ހުވަދު އަތޮޅަށް އޮރެންޖު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އެންމެ ފުރަތަމަ 12:15ގައި ހުވަދު އަތޮޅަށް ހުދު ސަމާލު ނެރުނީ، އެ އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްނެވެ. އެއަށްފަހު 12:30 ގައި ރީނދޫ ސަމާލު ނެރުމަށްފަހު، އޭގެ ފަހުން 12:50 ގައި ވަނީ އެ އަތޮޅަށް ނެރުނު ސަމާލު ”އޮރެންޖް“ އަށް ބަދަލުކޮށްފަ އެވެ. އޮރެންޖެ ސަމާލަކަށް ގިންތިކޮށްފައިވަނީ، ހުވަދު އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށްނެވެ. ސަމާލުގެ ވަގުތު ހަމަވާނީ 03:00 ޖަހާއިރު އެވެ.