back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ދެއްވަދޫގައި އިތުރު އައިސް ޕްލާންޓެއް ބަހައްޓަނީ

ގއ.ދެއްވަދޫގައި އިތުރު އައިސް ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ ދެއްވަދޫއަށް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާ މުޚާޠަބްކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ދެއްވަދޫ އައިސް ޕްލާންޓް ހުއްޓިފައި ހުންނަތާ 3 އަހަރުވެފައިވާކަން ފާހަގަކުރައްވައި، އެ ޕްލާންޓް އަލުން އޮޕަރޭޝަނަށް ގެނައުމުގެ ގޮތުން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ. އަދި، އެއާ އެކުއެކީގައި، އެރަށުގައި އާ އައިސް ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ދާކަންވެސް ފާހަގަކުރެއްވި އެވެ.

“ އައިސް ޕްލާންޓް މަރާމާތު ކުރުން ކުރިޔަށްދާނެ، ނަމަވެސް އޭގެ އިތުރަށް އާ އައިސް ޕްލާންޓެއް މިރަށަށް ގެނެސް އޮޕަރޭޓްކުރުމަށް ފިޝަރީޒް މިނިސްޓްރީން މިހާރު އެވަނީ މަސައްކަތް ފަށާފަ.“ ރައީސް ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، ދެއްވަދޫ އައިސް ޕްލާންޓް އަލުން އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ބަޖެޓް ހަމަޖައްސައި، ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާ ކުރިޔަށްދާކަމަށެވެ. އަދި ކޮންޓްރެކްޓަރާއެކު އެގްރީމެންޓް ކުރެވޭތާ 30 ދުވަހުގެތެރޭގައި މަރާމާތުކޮށް ނިންމައި އަންނަ މަހު އޮޕަރޭޝަނަށް ގެނެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

2016 ވަނަ އަހަރު އަލަށް ޚިދުމަތް ދޭންފެށި ދެއްވަދޫ އައިސް ޕްލާންޓަކީ 25 ޓަނުގެ ކެޕޭސިޓީގެ އައިސް ޕްލާންޓެކެވެ. އެމްޑިޕީ ސަރުކާރުގައި ފެނަކައިން ހިންގަމުން އައި މި އައިސް ޕްލާންޓް، 8 އޮކްޓޯބަރ 2024 ގައި ވަނީ މިފްކޯއާ ހަވާލުކޮށްފަ އެވެ. މިފްކޯއިން ބުނީ، އެތަން އޮަޕަރޭޝަނަށް ގެނައުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. އެގޮތުން މުވައްޒަފުން ނެގުމާއި، އެސެޓް ޓްރާންސްފަރ ކުރުމުގެ މަރުހަލާތައް ފެނަކައާ ގުޅިގެން ކުރިޔަށްދާކަމަށް މިފްކޯއިން ބުނެފައި ވެއެވެ.

ދެއްވަދޫ އައިސް ޕްލާންޓް އޮޕަރޭޝަން ހުއްޓިފައި އޮތުމުން، މިވަގުތު ދެއްވަދޫ މަސްވެރިން އައިސް ހޯދަން ދާންޖެހެނީ ކޫއްޑޫއަށެވެ. އެއީ، ޚަރަދު ބޮޑު ދަތުރެއްގެ އިތުރުން ގިނަ ވަގުތު ބޭކާރުވާކަމެއްގެ ގޮތުގައި އެރަށު މަސްވެރިން ސިފަކުރެއެވެ.

މިލިޔުމާއި ގުޅޭ