back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ގެމަނަފުށީ އައިސް ޕްލާންޓް އަންނަ މަހު ހުޅުވަނީ

ގއ. ގެމަނަފުށީގައި އަލަށް ގާއިމުކުރި އައިސް ޕްލާންޓް އަންނަ މަހު ހުޅުވަން ތައްޔާރުވަމުން އަންނަކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ ޕްރޮޖެކްޓްގެ ދަށުން، ގއ. ގެމަނަފުށީގައި އައިސް ޕްލާްންޓެއް ގާއިމުކުރުމަށް އިންޑިއާގެ ރައިނެކް ކުންފުންޏާ ހަވާލުކުރީ 18 ޖެނުއަރީ 2023 ގައެވެ. އެކުންފުންޏާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 1.3 މިލިއަން ޑޮލަރު ނުވަތަ 20މިލިއަން ރުފިޔާއަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މި މަޝްރޫގެ ދަށުން ގެމަނަފުށީގައި ގާއިމުކޮށްފައިވަނީ، 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއްކަމަށެވެ. މިމަޝްރޫއުގެ މަސައްކަތް ނިމި އަންނަ މަހު އެތަން ހުޅުވަން ތައްޔާރުވަމުން އަންނަކަމަށް މިއަދު ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ގެމަނަފުށީ އައިސް  ޕްލާންޓް ހިންގުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އާ ހަވާލުކޮށްގެންނެވެ.

ކޫއްޑޫގައި ހުންނަ 2 އައިސް ޕްލާންޓާއި، ގެމަނަފުށި، ދާންދޫ، ކޮލަމާފުށި އަދި ދެއްވަދޫގައި ހުންނަ އައިސް ޕްލާންޓްތަކާއެކު ޖުމްލަ 6 އައިސް ޕްލާންޓް ގއ އަތޮޅުގައި ހުރެއެވެ. އެހެންނަމަވެސް، މިވަގުތު ކޫއްޑޫ ފިޔަވައި އިތުރު އެއްވެސް ރަށެއްގެ އައިސް ޕްލާންޓަކުން އައިސް ނުލިބޭކަމަށް ކެޔޮޅުން ބުންޏެވެ.

މިލިޔުމާއި ގުޅޭ