back to top
28 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތީ ލަންކާ މަސްބޯޓެއް: އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ އިގުތިސާދީ ޚާއްސަ ސަރަހައްދުގައި ގަވައިދާއި ޚިލާފަށް ހަރަކާތްތެރިވަމުންދަނިކޮށް އަތުލައިގަނެފައިވަނީ އަވަށްޓެރި ސްރީލަންކާއަށް ނިސްބަތްވާ މަސްވެރި އުޅަނދެއްކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް އިން ބުނެފި އެވެ.

އެމްއެންޑީއެފް އެއަރ ކޯރ ޑްރޯން ގެ އެހީގައި މިބޯޓް  ހޯދާފައިވަނީ، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތިދުވަހު އެވެ.

މިއަދު އެމްއެންޑީއެފްއިން ބުނީ، އަތުލައިގަތް ބޯޓަކީ، ސްރީލަންކާއަށް ނިސްބަތްވާ އުޅަނދެއްކަމަށާއި، ބޯޓް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންދިޔައިރު އޭގައި 3 މީހުން ތިބިކަމަށެވެ. މިހާރު އެ އުޅަނދު މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ހަވާލުކޮށްފައިވާކަމަށް އެމްއެންޑިއެފް އިން ބުނެފައިވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަން އުޅެނިކޮށް އަވަށްޓެރި ގައުމުތަކުގެ ބޯޓްތައް ހިފަހައްޓާ، ޖޫރިމަނާކޮށްފައި ވެއެވެ. އަދި ބައެއް ހާލަތްތަކުގައި ބޯޓުތައް ދައުލަތަށް ނަގާފައިވެސް އެބަހުއްޓެވެ.

މިލިޔުމާއި ގުޅޭ