ގާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގަނެފި އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯރސް(އެމްއެންޑީއެފް)އިން ބުނީ، އެމްއެންޑީއެފް އެއަރ ކޯރ ޑްރޯން ގެ އެހީގައި މިބޯޓް ލޮކޭޓްކޮށްފައިވަނީ، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި ކަަށެވެ. އަދި މިހާރު އެބޯޓް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މިބޯޓާއި ބެހޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ. އަދި އޮޕަރޭޝަނުގެ މައުލާމާތެއްވެސް ހިއްސާކޮށްފައެއް ނުވެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަން އުޅެނިކޮށް އަވަށްޓެރި ގައުމުތަކުގެ ބޯޓްތައް ހިފަހައްޓާ، ޖޫރިމަނާކޮށްފައި ވެއެވެ. އަދި ބައެއް ހާލަތްތަކުގައި ބޯޓުތައް ދައުލަތަށް ނަގާފައިވެސް އެބަހުއްޓެވެ.