back to top
28.1 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިއަކު ޑީކޯ ވެގެން މާލެ ގެނެސް އޭޑީކޭގައި ފަރުވާ ދެނީ

ވ.އަތޮޅުގައި މަސްވެރިކަން ކުރުމަށް އެންދަމަން ޑައިވްކުރި މަސްވެރިއަކު ޑީކޯވެގެން މާލެ ގެނެސްފި އެވެ.

ވ.އަތޮޅު އަލިމަތާ ރިސޯޓް ކައިރިއަށް އެންދަމަން ފައިބައިގެން އުޅެނިކޮށް ޑީކޯވެގެން މާލެ ގެނެސްފައިވަނީ، ގއ.ކަނޑުހުޅުދޫ ”ސީހޯސް“ ދޯނީގައި މަސްވެރިކަން ކުރަމުން އަންނަ ފަޅުވެރިއެއްކަމަށްވާ މައުރޫފް ހަސަން އެވެ. އޭނާ މާލެ ގެނައީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާ އެކުގައިކަމަށް އެމްއެންޑިއެފްއިން މައުލޫމާތުދީފައި ވެއެވެ.

އާއިލާގެފަރާތުން ”ކެޔޮޅާ“އަށް މައުލޫމާތުދިންގޮތުގައި މައުރޫފް މާލެ ގެނެވުނީ މިއަދު ހެނދުނު 11:15 ހާއިރު އެވެ. ފަރުވާއަށް ފުރަތަމަ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަނަމަވެސް، އިތުރު ފަރުވާއަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. މި ވަގުތު އޮތީ އޭޑީކޭ ޑީކޯ ޗޭމްބަރުގަ އެވެ.

”ފަސް ގަޑިއިރަށް ޗޭމްބަރަށް އެލީ. އެއަށްފަހު ވާނުވާ ބަލާފައި، މާދަމާ ޗޭމްބަރަށް ލާން ޖެހިދާނެކަމަށް ޑރ. ވިދާޅުވި.“ އާއިލާގެ މެންބަރު ބުންޏެވެ.

ޑީކޯވުން ނުވަތަ ޑީ ކޮމްކޮޕްރެސް ވުމުން އާންމުކޮށްދޭ ފަރުވާއަކީ، ރީ ކޮމްޕްރެސް ކުރުމެވެ. އެއީ، ހައިފޮބެރިކް އޮކްސިޖެން ތެރަޕީ އެކެވެ. ޑީކޯ ޗޭމްބަރަށް ލަނީ އެ ތެރަޕީ ދިނުމަށެވެ.

 

މިލިޔުމާއި ގުޅޭ