back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ކަސްޓަމްސް އިން އަތުލައިގަތް މިޔަރާއި މަޑިމަސް ނައްތާލައިފި

ގަވަޢިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގަތް މިޔަރާއި މަޑިމަހުގެ ބާވަތްތަކެއް ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ނައްތާލާފައިވަނީ، މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ، 582 ކިލޯގެ މިޔަރާއި މަޑިމަހުގެ ބާވަތްތަކެކެވެ. ނައްތާލި ތަކެތި ދެނެގަނެވުނީ ރާއްޖެއިން ބޭރުކުރަން އުޅުނު ޝިޕްމަންޓެއްގައި އެފަދަ ތަކެތި ހުރި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ބަލައި ފާސްކުރުމެއްގެ ތެރެއިން ކަމަށް ކަސްޓަމްސްއިން ބުނެފައި ވެއެވެ.

ކަސްޓަމްސްއިން ބުނީ، އެއީ ލޮނު އަޅާފައި ހުރި މިޔަރާއި މަޑީގެ ބާވަތްތަކެއް ކަމަށާއި، އެތަކެތި ނައްތާލާފައިވަނީ، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްއިން ޓެސްޓްތައް ހަދައި ޔަގީންކުރުމަށްފަހުގައި ކަމަށެވެ. އަދި، އެތަކެތި ނައްތާލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ތިލަފުށީގައި ކަމަށްވެސް ކަސްޓަމްސްއިން ބުނެފައި ވެއެވެ.

މިޔަރާއި މަޑީގެ ބާވަތްތަކަކީ ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެތީގެ ތެރޭގައި ހިމެނޭ ބާވަތްތަކެކެވެ. އެހެންކަމުން، މިޔަރާއި މަޑީގެ ބާވަތްތަކަކީ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވައިދުގެ ދަށުން ހިފުމާއި ރާއްޖެއިން ބޭރުކުރުން މަނާ ތަކެއްޗެވެ. މިއާ ޚިލާފަށް، އެފަދަ ޢަމަލެއްކޮށްފިނަމަ، އެފަރާތެއް 5000ރުފިޔާ އާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެމީހެއްގެ މައްޗަށް ޖިނާޢީ ދައުވާ އުފުލޭނެ އެވެ.

 

މިލިޔުމާއި ގުޅޭ