back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިފްކޯގެ ދެ މަސް ފިހާރައަކަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް!

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާ ގުޅިގެން އެ ކުންފުނިން މާލޭ ސަރަހައްދުގައި ހިންގާ ދެ ފިހާރައަކަށް އީޖާދީ ބަދަލުތަައް ގެނެސް ހިންގުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ދޭން ނިންމައިފި އެވެ.

މިއީ، މާފަންނުގައި ހުންނަ މިފްކޯ ފިހާރަ-1 އާއި ހުޅުމާލެ ފޭސް-2 ގައި ހުންނަ ފިހާރަ -4، ޒަމާނީ ރީޓެއިލް އައުޓްލެޓްތަކަށް ބަދަލުކުރުމަށް ކާބޯތަކެއްޗާއި ރީޓެއިލް ސިނާއަތުގައި ތަޖުރިބާކާރު އަދި ޤާބިލު ވިޔަފާރިވެރިން ނުވަތަ ވިޔަފާރިވެރިންނާއެކު ހެދޭ ޕާޓްނަރޝިޕް އެއްކަމަށް މިފްކޯއިން ބުންޏެވެ. މި ޕާޓްނަޝިޕްގެ މަގުސަދަކީ މި ފިހާރަތައް މަތީ ފެންވަރުގެ އުފެއްދުންތައް ދައްކާލާ އިނޮވޭޓިވް ރީޓެއިލް އައުޓްލެޓްތަކަށް ބަދަލުކޮށް، މާކެޓްގެ ޑިމާންޑްތަކާ އެއްގޮތަށް  ހާއްސަ ހިދުމަތްތަކެއް ފޯރުކޮށްދިނުންކަމަށް މިފްކޯއިން ބުންޏެވެ.

ޕާޓްނަރޝިޕްގެ ދަށުން މިފްކޯއާ ގުޅިގެން ކުރާ މަސައްކަތްތައް:
• އައުޓްލެޓްތަކަށް ކަސްޓަމަރުންނާ ރަށްޓެހި ޒަމާނީ ޑިޒައިންތަކެއް އެކުލަވާލާ ބަދަލުތަކެއް ގެނައުން.
• މިފްކޯއަށް ޚިދުމަތްދޭ މަތީ ފެންވަރުގެ، އާ އުފެއްދުންތަކާއި ހިދުމަތްތައް ތަޢާރަފްކުރުން.
• އެފިޝަންޓް މެނޭޖްމަންޓާއި، ކަސްޓަމަރުންނާ ގުޅިގެން މަސައްކަތްކުރުން.
• މާކެޓިންގ އެންޑް ޕްރޮމޯޝަނާއި، ބްރޭންޑިންގ އަދި މާކެޓިންގ ކެމްޕޭންތަކުގައި މިފްކޯއާ ގުޅިގެން މަސައްކަތްކުރުން.

ޕާޓްނާޝިޕްގެ ދަށުން މިފްކޯއާއެކު މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް، ޝަައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އިއްޔެ މިފްކޯއިން ވަނީ ހުޅުވާލާފަ އެވެ. ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ ޖެނުއަރީމަހުގެ 31ވަނަ ދުވަހުގެ 13:00އެވެ. މިފްކޯއިން ބުނީ، މި ޕާޓްނާޝިޕަށް މީހުން ހޮވާނީ މައިގަނޑު 4 މިންގަޑަކަށް ބަލައިގެންނެވެ.

ޝަރުތު ހަމަވާ މިންގަނޑުތައް:
• ކާބޯތަކެތި ނުވަތަ ރީޓެއިލް ސިނާއަތުގައި ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
• މިފަދަ ވިޔަފާރިތައް ހިންގުމުގެ ވަރުގަދަ ޓްރެކް ރެކޯޑެއް އޮތުން.
• ރީމޮޑެލިންގ އަދި އޮޕަރޭޝަނަލް ޒިންމާތައް އަދާކުރުމުގެ މާލީ ޤާބިލުކަން ހުރުން.
• ލޯކަލް އަދި ވިޒިޓާ މާކެޓްތަކަށް ކަމުދާ އާ އުފެއްދުންތައް ނުވަތަ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރުން.

މިފްކޯއިން ބުނީ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެތެރެއިން، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ތަފުސީލީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދޭނެކަމަށެވެ. އަދި، ޖާގައިގެ ސްޕެސިފިކޭޝަންތަކާ ބެހޭ ތަފްސީލީ މައުލޫމާތުތައްވެސް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ ހިއްސާކުރެވޭނެކަމަށް މިފްކޯއިން ބުންޏެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު 3323932އަށް ގުޅާލުމުން ފޯރުކޮށްދޭނެކަމަށް މިފްކޯއިން ބުންޏެވެ.

މިލިޔުމާއި ގުޅޭ