back to top
33 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އޮޑިފަހަރަށް ތެޔޮ އަޅަން ޚާއްސަ ސަރަހަައްދެއް ތިނަދޫ ސިޓީ ކައުންސިލުން ކަނޑައަޅައިފި

އޮޑި ފަހަރަށް ޕެޓްރޯލާއި ޑީސަލް އަޅަން ޚާއްސަ ސަރަަހައްދެއް ތިނަދޫ ސިޓީ ކައުންސިލުން ކަނޑައަޅައިފި އެވެ.

މިކަމާ ގުޅޭގޮތުން ތިނަދޫ ސިޓީ ކައުންސިލުން ބުނީ، ތިނަދޫ ސިޓީގެ ބަނދަރު އަލުން ރުކުރުވާފައިވާތީ، ކުރިން ބަނދަރުމަތިން ޕެޓްރޯލް އަދި ޑީސަލް އެޅުމަށް ބޭނުންކުރަމުންއައި ސަރަޙައްދުތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. އެގޮތުން، ބަނދަރުމަތީގައިވާ އުޅަނދުތަކަށް ޕެޓްރޯލް އަދި ޑީސަލް އެޅުމަށް އަލުން ކަނޑައަޅާފައިވަނީ ތިނަދޫ އުތުރުފަރާތުގެ ޖެޓީ ސަރަޙައްދެވެ. އެއީ، އައިސް ޕްލާންޓް ޖެޓީގެ އުތުރުން 100 ފޫޓްކަމަށް ކައުންސިލުން ބުންޏެވެ.

މި ނިންމުމާއެކު، 01 ޖެނުއަރީ 2025 ގެ ފަހުން ބަނދަރުމަތީގައިވާ އުޅަނދުތަކަށް ޕެޓްރޯލް އަދި ޑީސަލް އަޅަން ޖެހެނީ އަލަށް ކަނޑައެޅި ސަރަހައްދުންނެވެ.

ތިނަދޫ ބަނދަރުގައި އަޅާ އޮޑިފަހަރަށް ޑިސަލްއާއި ޕެޓްރޯލް އަޅައި ދެނީ ތިނަދޫގައި އަމިއްލަ ފަރާތަކުން ހިންގާ ކުންފުންޏަކުންވެ. ތެޔޮ އަޅަނީ ބަނދަރަށް ބައުޒަރު ގާތްކޮށްގެންްނެވެ.

މިލިޔުމާއި ގުޅޭ