ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސްގެ ފަސްޓް އިންސްޓިޓިއުޓް އޮފް އޯޝަނޯގުރަފީ އާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާ ގުޅިގެން މެރިކަލްޗަރ ދާއިރާގެ ދިރާސާތަކެއް ކުރުމާ ގުޅެގޮތުން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ދިޔައީ، މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ފަސްޓް އިންސްޓިޓިއުޓް އޮފް އޯޝަނޯގުރަފީގެ ޓީމާއެކު އިއްޔެ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި، ދެ މުއައްސަސާ ގުޅިގެން ނޫ އިގުތިސާދާ ގުޅުންހުރި ދާއިރާތައް ތަރައްގީކޮށް ކުރިއެރުވުމަށް ގުޅިގެން މަޝްރޫއުތަކެއް ހިންގޭނެ ކަންކަން ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ވެއެވެ. އެގޮތުން ދެ މުައައްސަސާ ގުޅިގެން މެރިކަލްޗަރ ދާއިރާގެ ތަމްރީންތައް ހިންގުމާއި، ދިރާސާތަކެއް ހެދުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް ޚިޔާލު ބަދަލުކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
މި މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާއި، ފަސްޓް އިންސްޓިޓިއުޓް އޮފް އޯޝަނޯގުރަފީއާއި ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ(އެމްއޯޔޫ) އެއްގައި ސޮއިކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.