back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރާއްޖޭގެ ހުރިހައި ހިސާބަކަށް މިއަދު ކަނޑު ގަދަވާނެ: މެޓް

ރާއްޖޭގެ ހުރިހައި ސަރަހައްދަކަށްވެސް މިއަދު ކަނޑު ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް މިއަދު ކަނޑު ގަދަވާނެކަމަށާއި، ވިލާގަނޑުގައި އިތުރަށް ގަދަވެގެން ދާނެކަމަށެވެ. ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ، 5 – 8 ފޫޓު އުސްމިނުގަ އެވެ.

ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ މިވަގުތު ރާއްޖޭގެ ހުރިހައި ހިސާބަކަށް އޮތީ މޫސުމީ ހުދު ސަމާލު ނެރެފަ އެވެ. އެގޮތުން، ހއ އިން ފެށިގެން ތ އަތޮޅާ ހަމަޔަށް ހެނދުނު 09:00 ޖެހި އިރު ނެރުނު އެލާޓްގައި ބުނެފައިވަނީ، އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ. މި އެލާޓްގެ ނެރެފައިވަނީ މެންދުރުފަހު 03:00 ޖެހުމާ ހަމަޔަށެވެ.

ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 04:30 އާ ހަމަޔަށެވެ. އެލާޓް ނެރެފައިވާ ވަގުތުގައި އެ އަތޮޅުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.

މި ހަފުތާ ބަންދުގައި މުޅި ރާއްޖެއަށްވެސް ވިއްސާރަވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުމަށް ސަމާލުވެ އެ އިދާރާއިން ނެރޭ އެލާޓްތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ހުރިހައި ފަރާތްތަކުން، ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިރުޝާދު ދީފައިވެއެވެ.

މިލިޔުމާއި ގުޅޭ