back to top
28.7 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރާއްޖޭގެ ކަނޑުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ބޯޓެއް އަތުލައިގަނެފި

ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން(އީއީޒެޑް) ނުވަތަ ކަނޑުގެ އިގުތިސާދީ ޚާއްސަ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ބޯޓެއް ކޯސްޓްގާޑުން ހިފަހައްޓައިފި އެވެ.

މި ބޯޓް ކޯސްޓްގާޑުން ހިފަހެއްޓީ އިގުތިސާދީ ކަނޑުގެ ޚާއްސަ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ރިޕޯޓްނުކޮށް ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން ހަރަކާތްތެރިވިކަމަށް ޝައްކުކުރެވިގެން ކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ. އެހެންނަމަވެސް، އެ ބޯޓް ހިފެހެއްޓީ ކޮންއިރަކުކަމެއް އަދި އެއީ ކޮން ގައުމެއްގެ ބޯޓެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަމަހުވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވި ދެ އުޅަނދެއް ކޯސްޓްގާޑުން އަތުލައިގަނެފައި ވެއެވެ. އޭގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަން އުޅެނިކޮށް އަވަށްޓެރި ގައުމުތަކުގެ ބޯޓްތައް ހިފަހައްޓާ، ޖޫރިމަނާކޮށްފައި ވެއެވެ. އަދި ބައެއް ހާލަތްތަކުގައި ބޯޓުތައް ދައުލަތަށް ނަގާފައިވެސް އެބަހުއްޓެވެ.

މިލިޔުމާއި ގުޅޭ