back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ބ. ތުޅާދޫ ކައުންސިލުން އެދުނީ އެރަށު އައިސް ޕްލާންޓްގެ މައްސަލަ އަވަހަށް ހައްލުކޮށްދިނުމަށް!

ބ. ތުޅާދޫ އައިސް ޕްލާންޓްގެ މައްސަލަ އަވަހަށް ހައްލުކޮށްދިނުމަށް، އެރަށު ކައުންސިލުން ފިޝަރީޒް މިނިސްޓްރީގައި އެދިއްޖެ އެވެ.

ކައުސިންލުން މިގޮތަށް އެދިފައިވަނީ، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އިއްޔެ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

މިނިސްޓްރީގެ ފަރާތުން ކައުންސިލް މެންބަރުންނާ ބައްދަލުކުރެއްވީ، އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންކަމަށްވާ މުހައްމަދު މުއްޠަލިބާއި، އައިމިނަތު ހުސައިން ޝަރީފެވެ.

ބ. ތުޅާދޫ ކައުންސިލާއެކު ފިޝަރީޒް މިނިސްޓްރީން ބޭއްވެވި ބައްދަލުވުމުގެތެރެއިން/ ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މި ބައްދަލުވުމާ ފުޅޭގޮތުން ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ، ތުޅާދޫގައި ހުރި އައިސްޕްލާންޓުގެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށްދިނުމަށް ކައުންސިލުން އެދިފައިވާކަމަށެވެ. މީގެ އިތުރުންވެސް މަސްވެރިކަމުގެ ދާއިރާގައި ހުރި ގިނަ ކަންބޮޑުވުންތަކެއް ކައުންސިލުން ހިއްސާކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ތުޅާދޫ އައިސްޕްލާންޓަކީ ފިޝަރީޒް މިނިސްޓްރީގެ ލޯނު ޕްރޮގުރާމްގެ ދަށުން މިފްކޯއިން ގާއިމްކުރި އައިސްޕްލާންޓެކެވެ. ދުވާލަކު 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ މި ޕްލާންޓް ގާއިމުކޮށް މިފްކޯއިން ޚިދުމަތް ދޭން ފަށާފައިވަނީ 2019 ވަނަ އަހަރު ރައީސް ޔާމީނުގެ ސަރުކާރުގައެވެ. އެމްޑީޕީ ސަރުކާރުގައި މި އައިސް ޕްލާންޓް ހިންގަމުން އައީ ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްގެންނެވެ. މިހާރުގެ ސަރުކާރުން މި އައިސް ޕްލާންޓް އަނެއްކާވެސް މިފްކޯގެ ދަށަށް ބަދަލުކޮށްފައިވާއިރު، މި ވަގުތު އެ އައިސް ޕްލާންޓްގެ އޮަޕަރޭޝަން އޮތީ ހުއްޓިފަ އެވެ.

މި މައްސަލައިގައި މިފްކޯއިން ބުނެފައިވަނީ، ފެނަކައިގެ ބެލުމުގެ ދަށުން މިފްކޯއަށް ބަދަލުކުރި އައިސް ޕްލާންޓްތައް، ތުޅާދޫ އައިސް ޕްލާންޓް ހިމެނޭގޮތުން، ހުއްޓިފައިވާ އައިސްޕްލާންޓްތައް އަލުން އޮަޕަރޭޝަނަށް ގެނެވޭނީ ވަރަށް ބޮޑެތި މަރާމާތުތަކާއި، ”މެއިންޓެނަންސް“ތައް ކޮށްގެންކަމަށާއި، އެހެންނަމަވެސް އެކަމަށް ބޭނުންވާ ފަންޑް މިފްކޯއަށް ލިބިފައި ނުވާތީ މި މަސައްކަތްކުރުމަށް ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަމަށެވެ. އެ އައިސް ޕްލާންޓްތައް އަލުން އޮަޕަރޭޝަނަށް ގެނައުމަށް މަރާމާތުކުރުމަށް ބޭނުންވާ ބައެއް ސާމާނުތައް ސައިޓްތަކަށް ގެންގޮސްފައިވާކަމަށާއި، މަރާމާތަށް ބޭނުންވާ ބައެއް ސާމާނުތަކަކީ ރާއްޖެއިން ލިބެންނެތް ތަކެތިކަމަށް މިފްކޯއިން ބުންޏެވެ.

”އައިސް ޕްލާންޓްތައް ހުރީ މިވަގުތު އޮޕަރޭޝަނަށް ގެނެވޭ ވަރަށްވުރެ ބޮޑަށް ހަލާކުވެފަ. ވަރަށް ބޮޑެތި މަރާމާތުތައް ކުރަންޖެހޭ. މިފްކޯއަކު ފަންޑެއްނެތް އެކަންކުރަން. ފިޝަރީޒް މިނިސްޓްރީގެ ޕެއިމެންޓްތައްވެސް ހުރީ ޕެންޑިންގަ.“ މިފްކޯއިން ބުންޏެވެ.

މިފްކޯއާ ހަވާލުކުރި ބައެއް އައިސް ޕްލާންޓްތަކަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތްވެސް މިފްކޯއިން ދަނީ ކުރަމުންނެވެ. އަދި ފެނަކައިގެ ބެލުމުގެ ދަށުގައި އައިސް ޕްލާންޓްތައް ހިންގިއިރު ފެނަކައިގެ މުވައްޒަފުންގެ ގޮތުގައި އެތަންތާނގައި ހަރަކާތްތެރިވި މުވައްޒަފުން މިފްކޯއަށް ބަދަލުކުރުމަށްޓަކައި، އެ މުވައްޒަފުންނާ އިންޓަވިއު ކުރުމުގެ މަރުހަލާވެސް މިފްކޯއިން މިހާރުވަނީ ނިންމާފަ އެވެ.

މިލިޔުމާއި ގުޅޭ