back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އިތުުރު ފަސް ރަށެއްގައި އައިސް ޕްލާންޓް ގާއިމުކުރުމަށް ޓެންޑަރ ކުރަނީ

އިތުރު ފަސްރަށެއްގައި އައިސް ޕްލާންޓް ގާއިމުކުުރުމުގެ މަސައްކަތް ފަށަން ޓެންޑަރ ކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިހެން ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ހަފްތާ-14 މަގުޗާޓުގައި ހިމެނޭ މަސްވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތައް ހާމަކުރުމުގެ ގޮތުން އެކްސްގައި ހިއްސާކުރި މެސެޖެއްގަ އެވެ.

އެ މެސެޖުގައި ބުނެފައިވާ ގޮތުންނަމަ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މިފްކޯ އާ ހަވާލުކޮށްގެން 5 ރަށެއްގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ޓެންޑަރއަށް ވަނީ ފޮނުވާފަ އެވެ.

މީގެ އިތުރުން ސަރުކާރުގެ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގެ ”ކަނޑުފަޅު ނަފާ“ ލޯން ޕްރޮގްރާމްގެ ތެރެއިން އައިސް ޕްލާންޓް ޤާއިމުކުރުމަށް 10 މިލިއަން ރުފިޔާ ކަނޑައަޅައި އިތުރު ފައިސާ ރެފްރިޖަރޭޓަޑް ސީވޯޓަރ ސިސްޓަމްސް ގަނެ އަދި ހަރުކުރުމުގެ ކަންކަމަށާއި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ލުއި ފަސޭހަ ވާނެގޮތަށް ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އެސް.ޑީ.އެފް.ސީ އިން ވަނީ މިމަހުގެ އެކާވީސް ވަނަ ދުވަހު މި ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ވިދާޅުވެފައިވަނީ އެކަށީގެންވާ މިންވަރަށް މަސްވެރިންނަށް އައިސް ލިބެން ނެތުމަކީ މިހާރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައިގަނޑު އެއް މައްސަލަކަމަށެވެ. އަދި މިސަރުކާރުގެ ފަސް އަހަރުދުވަހުގެ ތެރޭގައި މިކަން ހައްލު ކުރާނެކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފަ އެވެ.

މިލިޔުމާއި ގުޅޭ