back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މޫސުން ގޯސްވެ، އުތުރުގެ އަތޮޅުތަކަށް ނެރުނު ޔެލޯ އެލާޓް ދަންމާލައިފި

މޫސުން ގޯސްވުމުގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ޔެލޯ އެލާޓް ދަންމާލައިފި އެވެ.
ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ށ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މިއަދު ހެނދުނު ނެރުނު އެލާޓްގެ ވަގުތު 11:15 އާ ހަމަވުމާ އެކު މިހާރު ވަނީ ހަވީރު 05:00 އާ ހަމަޔަށް ދަންމާލާފަ އެވެ.

11:15 އިގަ ނެރުނު އެލާޓްގައި ވަނީ އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅުވެސް ހިމަނާފަ އެވެ. އަލަށް ނެރުނު އެލާޓްގައިވެސް ބުނެފައިވަނީ ހއ އިން ފެށިގެން އދ އަތޮޅާ ހަމަޔަށް އެލާޓް ނެރެފައިވާ ވަގުތުތަކުގައި ބޯކޮށްވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ހަވީރު 6:00 އާ ހަމައަށް ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި، އެހެން ހިސާބުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ. އަދި، ދެކުނުގައި ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓު ހުންނާނެކަމަށް ލަފާކޮށްފައިވާއިރު، އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ.

މި ދުވަސްވަރު، މޫސުން ގޯސްވަމުންދާތީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިލިޔުމާއި ގުޅޭ