back to top
28.7 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އައްޑޫން ފުރައިގެން މާލެ ދަތުުރުކުރަމުންދިޔަ ބޯޓެއްގެ ފަޅުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި

އައްޑޫ ސިޓީން ފުރައިގެން މާލެ ސިޓީއަށް ދަތުރުކުރަމުން ދިޔަ ”ސީމެކްސް“ ބޯޓުގެ ފަޅުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ”ސީމެކްސް“ ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ނޭޕާލް ރައްޔިތެއް ކަމަށްވާ ރާޖް ކުމާރް ގެއްލިފައިވާ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ ބޯޓު އައްޑޫ ސިޓީން ފުރީ ރޭ 11:30 ހާއިރު ކަމަށާއި ފުރިއިރު ރާޖް ކުމާރު ބޯޓުގައި ހުރި ކަމަށާއި، ރޭ ދަންވަރު 1:15 ހާއިރު ބޯޓުގެ ކެޕްޓަންއާ އޭނާ ވާހަކަދެއްކިކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭކަމަށްވެސް ފުލުހުން ބުންޏެވެ.

”ރާޖް ކުމާރް ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާ ދެމެދު ކަނޑުމަތިން، ފުވައްމުލައް ސިޓީއާ 8 މޭލަށް ކައިރިވެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވޭ.“ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން، އެ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅޭ އެއްވެސް ތަފުސީލެއް އަދި އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެއެވެ.

ސީމެކްސް އަކީ މާލެއާ އައްޑޫ އާ ދެމެދު ދަތުރުކުރަމުން އަންނަ މުދާ އުފުލާ ބޯޓެކެވެ.

މިލިޔުމާއި ގުޅޭ