back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ބައެއް އަތޮޅުތައް ޔެލޯ އެލާޓްގައި!

ރާއްޖެއަށް މޫސުން ގޯސްވެ، ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ، ށ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމަޔަށެވެ.
ހެނދުނު 07:15 އިން 11:15 އާ ހަމަޔަށް ނެރެފައިވާ މި އެލާޓްގައި ބުނެފައިވަނީ، އެލާޓް ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށެވެ.

ހއ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމަޔަށްވެސް މޫސުން ގޯސްވެ، ރޭ ދަންވަރު 02:00 އިން ފެށިގެން ހެނދުނު 08:00 ޖެހުމާ ހަމަޔަށް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ. ނަމަވެސް މިވަގުތު އެ ސަރަހައްދަށް އިތުރު އެލާޓެއް ނެރެފައެއް ނެތެވެ.

ކުރޮޔަށް އޮތް 24 ގަޑީއިރަށް މޫސުން ކުރިޔަށް ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ، ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެކަމަށާއި، އެހެން ހިސާބުތަކަށް ވިއްސާރަވެ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެށެވެ. އަދި ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގައި ކަމަށެވެ. އަދި، އެހެން ހިސާބުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް  ލަފާކޮށްފައި ވެއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ދެކުނު ކަނޑުތައް ގަދަވާނެ އެވެ. އަދި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.

މޫސުން ގޯސްވެފައިވާތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މިލިޔުމާއި ގުޅޭ