back to top
31 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވާކަށް ބޭނުމެއް ނޫން- ބީކޭއެމްޔޫ

ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވާން ބޭނުން ނުވާކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން(ބީއެމްކޭޔޫ)އިން ބުނެފި އެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ޔޫނިއަންގ ފަރާތުން މިއަދު ހުޅުމާލެ ކަންނެލި ޖެޓީގައި ކުރިޔަށް ގެންދާ ހަރަކާތްތަކާ ގުޅޭގޮތުން ”ކެޔޮޅާ“ ނޫހަށް މައުލޫމާތު ދެއްވަމުން، އެ ޔޫނިއަންގެ ރައީސް ހުސައިން ރަޝީދު ވިދާޅުވީ، މިއަދު ކުރިޔަށް ގެންދަނީ ބީކޭއެމްޔޫގެ އަހަރީ ބައްދަލުވުމާއި ހިންގާ ކޮމިޓީ ހޮވުމުގެ މަސައްކަތް ކަމަށެވެ. އަދި، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިންގެ ޝުއޫރު ފާޅުކުރަމުން އަންނަކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

”މަސްވެރިންނަށް ސަރުކާރުން ވެފައި ހުރި ވައުދުތައް ފުއްދައިދިނުމަށް އެދި ޝުއޫރު ފާޅުކުރަމުން މައިގަނޑު ކަމަކަށް މިއޮތީ.“ ނަޝީދު ވިދާޅުވި އެވެ.

ބީއެމްކޭޔޫގެ އަހަރީ ބައްދަލުވުން ކަންނެލި ޖެޓީ ސަރަހައްދުގައި ކުރިޔަށްދާއިރު، ޖެޓީގައި ބަނދަރުކޮށްފައިވާ ކަންނެލި އޮޑި ފަހަރުގައި މަސްވެރިންގެ ޝުއޫރުތައް ބަޔާންކޮށް ގިނަ ބެނާތަކެއް ދަމާފައި ވެއެވެ. ކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، މި ސަރުކާރުން ވައުދުވީގޮތަށް ކަންނެލި ގަންނަ އެންމެ ދަށް އަގު ކަނޑަނޭޅުމެވެ. ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ ސަރުކާރުން ވައުދުވީގޮތަށް 80 ރުފިޔާއާއި 100 ރުފިޔާކަމުގައި ކަނޑައަޅައި ދިނުމަށް ބެނާތަކުގައި ގޮވާލާފައި ވެއެވެ. އޭގެ އިތުރުން ސަރުކާރުން ވައުދުވީގޮތަށް، އެސްޓީއޯގެ ބޭސް ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެގޮތް ހަދައިދިނުމަށްވެސް ގޮވާލާފައި ވެއެވެ.

ސަރުކާރުގެ ވައުދުތަކާއި، މަސްވެރިންގެ ގޮވާލުންތައް ދައްކުވައިދޭ ބެނާތައް އޮޑީފަހަރުގައި ހަރުކޮށްފައި ހުރިނަމަވެސް، ކަނޑުމަތީގެ އެއްވެސް ހަރަކާތެއް ބާއްވަން މިވަގުތަށް ޔޫނިއަނުން ނިންމާފައި ނުވާކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި މިރޭ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބާއްވާ ހަރަކާތުގައި ބައިވެރިވާން ބޭނުންނުވާކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

”އަޅުގަނޑުމެން ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވާކަށް ބޭނުމެއް ނުވޭ.“ ނަޝީދު ވިދާޅުވި އެވެ.

ކަންނެލީގެ މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ މައިގަނޑު ވައުދުތަކުގެ ތެރޭގައި، ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ކަންނެލި ގަންނަން ފެށުމާއި، ބޮޑު ކަންނެލީގެ އަގަކީ 80 ރުފިޔާކަމަށާއި، އޭ-ގްރޭޑްގެ ކަންނެލިނަމަ 100 ރުފިޔާކަމަށް ހަމަޖެއްސުން ހިމެނެއެވެ. އެހެންނަމަވެސް މިހާތަނަށް އާއިރު ސަރުކާރުން މިވައުދުތައް ފުއްދާފައެއް ނުވެއެވެ.

މިލިޔުމާއި ގުޅޭ