ނ. ލަންދޫގައި ބަނދަރު ސަރަޙައްދުގައި މަސްމާރުކޭޓެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.
އިއުލާނުގައި ބުނެފައިވާގޮތުންނަމަ، އެ މަސް މާރުކޭޓަކީ އެ ރަށު ބަނދަރު ސަރަަހައްދުގައި އަލަށް ގާއިމު ކުރެވޭ މަސް މާރުކޭޓެކެވެ. 30 ފޫޓް، 50 ފޫޓް ބޮޑުމިނުގެ މި މަސް މާރުކޭޓް އަޅަން ޖެހެނީ ކައުންސިލުން ދޭ ކުރެހުމާ އެއްގޮތަށް، މަސައްކަތްކޮށްދޭ ފަރާތުގެ އަމިއްލަ ތަކެތީގަ އެވެ. އަދި މި މަސައްކަތުގެ އަގުގެ %15 އަށްވާ ފައިސާ، އެޑްވާންސް ފައިސާގެ ގޮތުގައި ދޭން ނިންމާފައިވާއިރު، ބާކީ އަގު ދައްކަން ނިންމާފައިވަނީ ތިން ޕޭމެންޓަކަށް ބަހާލައިގެން ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މިމަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން، 5 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށްފަހު، ބީލަން ފޯމް ފުރިހަމަކުރުމަށްފަހު، 12 ޑިސެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ކައުންސިލް އިދާރާއަށް ބީލަން ހުށަހެޅުއްވުން ކައުންސިލުން އެދިފައި އަދި، މިމަސައްކަތާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރަން ބޭނުންނަމަ [email protected] އަށް އީމެއިލް ކުރުމަށް، ނުވަތަ 6563952 ނަމްބަރު ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރުމަށްވެސް ކައުންސިލުން އެދިފައި ވެއެވެ.
ކައުންސިލުން ބުނީ، ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަނާޅާ ފަރާތްތަކުން ހުށަހަޅާ ބީލަން ތަކާއި، ގަޑިޖެހިގެން ހުށަހަޅާ ބީލަންތައް ބަލައި ނުގަންނާނެކަމަށެވެ.