ޅ. ކުރެންދޫ ކައުންސިލް އިދާރާގެ ފަރާތުން ”ލޮއި ކުރެންދޫ މަސްރޭސް 2024″ ގެ ނަމުގައި މިހިގާ ޑިސެންބަރު މަހުގެ 12ވަނަ ދުވަހު މަސްރޭހެއް ބޭއްވުމަށް ނިންމައިފި އެވެ.
އެ ކައުންސިލުން ބުނީ، މި މަސް ރޭހަކީ މިއަހަރުގެ މަސްވެރިންގެ ދުވަހާއި ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ރޭހެއްކަމަށެވެ. އަދި ކުރެންދީ ރައްޔިތުންނާއި، އެރަށުގައި އުޅޭ ފަރާތްތަކުގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހި ކުރުމާއެކު، ރަށު ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ މަގުސަދުގައި ބާއްވާ މަސް ރޭހެއް ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ
މަސްް ރޭސް ކުރިޔަށް ގެންދަން ނިންމާފައިވަނީ، ޓީމްތަކުން ވާދަކުރާގޮތަށެވެ. އެގޮތުން މަސް ރޭހުގައި ބައިވެރިވާ ޓީމެއްގައި ގިނަވެގެން 12 މީހުން އަދި މަދުވެގެން 5 މެންބަރުން ހިމެނިދާނެކަމަށް ކައުންސިލުން ބުނެއެވެ. ވަނަވަނައަށް ދާ ޓީމްތަކަށް ފައިސާގެ އިނާމުތަކެއްވެސް ކައުންސިލުން ހުށަހަޅާފައި ވެއެވެ.
މަސް ރޭހަށް ހުށަހަޅާފައިވާ އިނާމުތައް:
- އެއްވަނަ ހޯދާ ޓީމަށް -/7،000 ރުފިޔާ
- ދެވަނަ ހޯދާ ޓީމަށް -/5،000 ރުފިޔާ
- ތިންވަނަ ހޯދާ ޓީމަށް -3،000 ރުފިޔާ
މި މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ކައުންސިލުން ވަނީ ހުޅުވާލާފަ އެވެ. މަސް ރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މަސް ރޭހުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު 05 ޑިސެންބަރު 2024ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ.
މަސް ރޭހާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންނަމަ، ކައުންސިލްގެ ޔޫތު އެސޯސިއޭޓް، އަޙްމަދު ޢަބްދުﷲ، އަށް ގުޅާލުމަށް ކައުންސިލް އިދާރާއިން އެދިފައި ވެއެވެ. ގުޅާނީ 7908642 ނަމްބަރު ފޯނަށެވެ.