back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ވައިގަދަވެ ކަނޑުތައް ގަދަވާނެކަަމަށް ލަފާކޮށް މިރޭވެސް މުޅި ރާއްޖެ ހުދު ސަމާލުގައި!

ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މެންދުރު މުޅި ރާއްޖެއަށް ނެރުނު ސަމާލު މިރޭ ދަންވަރު 01:00 އާ ހަމަޔަށް ދަންމާލައިފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުން ގޯސްވެ، މެންދުރު 12:30 ގައި، މުޅި ރާއްޖެއަށް ނެރުނު ހުދު ސަމާލުގެ ވަގުތު އިރު އޮއްސި 06:30 އަށް ހަމަވުމާއެކު،  އެސަމާލު ދަންމާލައިފި އެވެ.

މެޓް އޮފީހުން ބުނީ ސަމާލު ދަންމާލާފައިވާ ވަގުތުތަކުގައި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި، ވިލާގައިޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މެޓް އޮފީހުންވަނީ، ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވެ، ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

މިލިޔުމާއި ގުޅޭ