ހއ. ކެލާއިން މަސް ޕްރޮސެސްކުރުމުގެ ވިޔަފާރިކުރުމަށް ބިން ދޫކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
ކެލާ ކައުންސިލުން ބުނީ، އެރަށުގެ ބަނދަރުގެ އިރުމަތީކޮޅު ގޮނޑުދޮށުން 2000 އަކަފޫޓްގެ 3 ބިން ފަސް އަހަރުގެ މުއްދަތަކަށް ބީލަން އުސޫލުން ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، ޢާއްމު ފަރުދުންނަށް ބީލަން އުސޫލުން ބިން ކުއްޔަށް ހިފުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް ކައުންސިލުން ބުންޏެވެ.
ބީލަމަށް ރަޖިސްޓްރީ ކުރެވޭނީ 26 ނޮވެމްބަރ 2024 އިން 02 ޑިސެމްބަރ 2024 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:000 އިން މެންދުރު ފަހު 12:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ info@kelaa.gov.mv އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.ކައުންސިލުންބުނީ،ބީލަމާބެހޭމައުލޫމާތުދިނުމުގެ ބައްދަލުވުމެއް 02 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 13:30 ގައި އަދި،އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން 12 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި އޮންނާނެ ކަމަށެވެ.
ކައުންސިލުން ބުނީ، ބީލަމުގައި ބައިވެރިވެވޭނީ ބީލަން ހުށަހެޅުމުގެ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަނިކަމަށެވެ. އަދި، ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް، ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައިކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.