back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަސްވެރިންގެ ދުވަހުގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމައަށް ހަމަވާނެ!

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފްލާގައި ދޭ އެވޯޑުތަކަށް ނަން ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީން ދިން މުއްދަތު މާދަމާއަށް ހަމަވާނެއެވެ.

ފިޝަރީޒް މިނިސްޓްރީން އެވޯޑަށް ނަން ހުށަހެޅުމުގެ ފުުރުސަތު ހުޅުވާލީ އޮކްޓޯބަރުމަހުގެ 9 ވަނަ ދުވަހު އެވެ. އެވޯޑަށް އެޕްލިކޭޝަން ބަލައިގަތުމުގެ ސުންގަޑިއަކީ 21 ނޮވެމްބަރ 2024ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ. އެހެންކަމަށްވާނަމަ މާދަމައަކީ އެވޯޑަށް ކުރިމަތިލެވޭނެ އެންމެ ފަހު ދުވަހެވެ.

މިނިސްޓްރީން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)، މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި) އަދި، އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށެވެ. މިނިސްޓްރީން ބުނީ، މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.

މި އެވޯޑްތަކަށް ކުރިމަތިލުމަށް ބޭނުންވާ، ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު ދީފައިވާ ސުންގަޑީގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެސް fisheriesmanagement@fisheries.gov.mv  އަށް ފޮނުއްވުމަށް މިނިސްޓްރީން އެދިފައި ވެއެވެ. އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ދެ ފޯމު މިނިސްޓްރީގެ ވެބްސައިޓް www.fisheries.gov.mv އިން ޑައުންލޯޑު ކުރެވެން އެބަހުއްޓެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިހުތިފާލުތައް ބ. ތުޅާދޫގައި ބާއްވަން ކުރިން ނިންމި ނަމަވެސް، މިހާރު މާލެ ސިޓީގައި މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ބާއްވާގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. އެއީ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތު ތަންފީޒްކުރުމުގެ ކުރުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

1989 އިން ފެށިގެން، ރާއްޖޭގައި ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 10 ވަނަ ދުވަސް ފާހަގަކުރަމުން އައިސްފައިވަނީ، މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. އެގޮތުން، މިއަހަރު ފާހަގަކުރަނީ 44 ވަނަ މަސްވެރިންގެ ދުވަހެވެ.

މިލިޔުމާއި ގުޅޭ