back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މަގޫދޫ ބަނދަރު ސަރަޙައްދުގައި މަސްކަނޑާ އަށްޓެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި

ފ. މަގޫދޫ ބަނދަރު ސަރަޙައްދުގައި މަސްކަނޑާ އަށްޓެއް އިމާރާތްކުރާނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އެރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.

މަގޫދޫ ކައުންސިލުން އެންމެ ފުރަތަަމަ މަސް ކަންޑާ އަށްޓެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.

ކައުންސިލުން މަސްކަނޑާއަށްޓެއް ޑިޒައިންކޮށް އިމާރާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިންކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން  ހުށަހަޅާފައިނުވާތީ މިހާރު އެ އިއުލާނު ބާޠިލުކޮށް އެ މަސައްކަތްކުރާނެ ފަރާތެއް ހޯދަން އިއްޔެ އަލުން އިއުލާނުކުރީ ކަމަށެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވުމަށް ފޯމް ފުރުއްވުމަށްފަހު procurement@magoodhoo.gov.mv ށް މެއިލް ކުރުމަށް ކައުންސިލުން އެދިފައި ވެއެވެ. ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެކަމަށާއި، ކުރީގެ އިއުލާނާއި ގުޅިގެން ބީލަމުގައި ރެޖިސްޓްރީވި ފަރާތްތަކަށް އަލުން ރެޖިސްޓްރީވުމަކާއި ނުލައި ބީލަމުގައި ބައިވެރިވުމު ފުރުޞަތު ހުޅުވާލާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް 100.00ރ (ސަތޭކަރުފިޔާގެ) ގެ ނަން- ރީފަންޑަބަލް ފީއެއް ނަގާއިރު، ފައިސާ ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ. އޮންލައިންކޮށް ރަޖިސްޓްރޭޝަން ފީ ދައްކަން ބޭނުންވާ ފަރާތްތަކަށް ކައުންސިލް އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކުރެވެއެވެ.

މަސައްކަތުގެ ބީލަން ހުށަހެޅުން މިމަހުގެ 24 ވަނަ ދުވަހުގެ 13:00 އަށް ތާވަލުކޮށްފައިވާއިރު، ބީލަން ހުޅުވުން އޮންނާނީވެސް އެދުވަހުގެ 13:05 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައިކަމަށް ކައުންސިލުން ބުނެފައި ވެއެވެ. އަދި، ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކަށް، ކައުންސިލް އިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވެއެވެ. އަދި، އީމެއިލް މެދުވެރިކޮށްވެސް މައުލޫމާތު ސާފުކުރެވޭނެއެވެ. މެއިލް ކުރާނީ info@magoodhoo.gov.mv އަށެވެ.

މިލިޔުމާއި ގުޅޭ