back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މާފަރު ފަޅުގެ ނެރު ކެނޑުމަށް ބޭނުންވާ އީއައިއޭ ރިޕޯޓް ހަދާނެ ފަރާތެއް ހޯދަނީ

މާފަރު ފަޅުގެ ނެރު ކެނޑުމަށްޓަކައި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް(އީ.އައި.އޭ) ރިޕޯޓް ހަދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް އދ. މަހިބަދޫ ކައުންސިލުން ފަށައިފި އެވެ.
އދ. މަހިބަދޫ ކައުންސިލް އިދާރާއިން ބުނީ، އެރަށު އިހްތިސާސް ތެރޭގައި ހިމެނޭ، މާފަރު ފަޅުގެ ނެރު ކެނޑުމަށްޓަކައި ބޭނުންވާ އީއައިއޭ ރިޕޯޓް ހަދައިދޭން ބޭނުންވާ ފަރާތްތަކަށް މަސައްކަތުގެ ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 20 ނޮވެމްބަރު 2024 ވާ ބުދަ ދުވަހު 14:00 ގެ ކުރިން ރަޖިސްޓްރީ ފޯމް ފުރިހަމަ ކުރުމަށްފަހު procurement@mahibadhoo.gov.mv   އަށް އީމެއިލްކޮށްދިނުމަށް ކައުންސިލުން އެދިފައި ވެއެވެ. އަދި، މި މަސައްކަތުގައި ރަޖިސްޓަރީވާ ފަރާތްތަކަށް މި މަޝްރޫޢުގެ ބީލަން ފޮތް ( ”ޕްރޮޖެކްޓް ސްކޯޕް“ އާއި ޗާޓާއި އެކު) އަދި މަސައްކަތުގެ ބީ.އޯ.ކިއު މެއިލްކޮށްދޭނެކަމަށް ކައުންސިލުން ބުންޏެވެ.

މި މަސައްކަތާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް 21 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ޤުރުއާނާއި ބެހޭ މަރުކަޒުގައި ބޭއްވުމަށް ކައުންސިލުން ނިންމާފައިވާއިރު، 25 ނޮވެމްބަރު 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި  ކައުންސިލްއިދާރާގައި، ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން އޮންނާނެކަމަށް ކައުންސިލުން ބުންޏެވެ. އަދި، ޕްރޮޕޯސަލް ހުޅުވާނީވެސް އެ ބައްދަލުވުމުގައި ކަމަށް ކައުންސިލުން ބުނެފައި ވެއެވެ.

މިލިޔުމާއި ގުޅޭ