back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ކޫޢްޑޫއަށް އިތުރުކުރެވޭ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފި

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ)އަށް އިތުރުކުރެވޭ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ކޫއްޑޫ ކޯލްޑް ސްޓޯރޭޖް އެކްސްޕެންޝަން ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގައި އިންޖިނިއަރިންގ، ޕްރޮކިއޮމެންޓް އަދި ކޮންސްޓްރަކްޝަން ދާއިރާގައި އެންމެ ކުރީގައި ހަރަކާތްތެރިވާ ކުންފުންޏެއްކަމަށްވާ، ލަކީ ގްލޯބަލް ޕްރޮޖްކްޓްސް ޕްރައިވެޓް ލިމިޓެޑްއާ އެވެ.

މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމެވެ. އަދި، ލަކީ ގްލޯބަލް ޕްރޮޖްކްޓްސް ޕްރިއިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޝިޝް އޮބްރޯއީ އެވެ.

މިއަދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، ލަކީ ގްލޯބަލް ޕްރޮޖްކްޓްސް ޕްރައިވެޓް ލިމިޓެޑުން ކޭއެފްސީގައި 4000 ޓަނުގެ ސްޓޯރޭޖެއް، 365 ދުވަހުގެ ތެރޭގައި ގާއިމުކޮށް ނިންމަންޖެހެއެވެ. މިއީ، 6.6 މިލިޔަން ޑޮލަރުގެ މަޝްރޫއެކެވެ.

ކޭއެފްސީގެ މިހާރުގެ ކެޕޭސިޓީއަކީ 2،000 ޓަނެވެ. މި މަޝްރޫއުގެ ދަށުން އިތުރު ކުރެވޭ 4000 ޓަނުގެ ސްޓޯރޭޖާއެކު ކޭއެފްސީގެ ކެޕޭސިޓީ 6،000 ޓަނަށް އިތުރުވެގެންދާނެއެވެ.

މިއީ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް(އެސްއެފްޑީ) ގެ އެހީގައި ފަށާފައިވާ، ”ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްސް“ގެ ދަށުން ކުރިޔަށްގެންދާ މަޝްރޫއުއެކެވެ.

މިލިޔުމާއި ގުޅޭ