back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިފްކޯއިން މަސްވެރިންނަށް 1 މަހުގެ ދަރަންޏަށްވާ ފައިސާ ދައްކައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މަސްއޮޑިފަހަރުން ދަރަންޏަށް ނެގި މަހުގެ ތެރެއިން އެއް މަހުގެ މަހަށްވާ ބިލުތަކުގެ ފައިސާ ދައްކައިފި އެވެ.
މިފްކޯއިން މިއަދު ދައްކާފައިވަނީ މިދިޔަ މަހުގެ 28 އިން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދަރަންޏަށް ނެގި 1528 މެޓްރިކް ޓަނުގެ މަހަށްވާ 15.1 މިލިއަން ރުފިޔާ އެވެ. ބާކީ ހުރި ބިލުތަކުގެ ފައިސާ ދައްކާފައެއް ނުވެއެވެ. އެއީ، މިމަހުގެ 29،28 އަދި 30 ވަނަ ދުވަހު ނެގި މަހަށްވާ 2.1 މިލިއަން ރުފިޔާ އެވެ. މިފައިސާ ދައްކާނެ ދުވަހެއް މިފްކޯއިން ބުނެފައެއް ނުވެއެވެ.

މިފްކޯއިން އެންމެ ފަހުން ފައިސާ ދައްކާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދުވަހު ދެއްކީ އޯގަސްޓް 24 އިން ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯއިން ދަރަންޏަށް ނަގާފައިވާ މަހަށްވާ 18.3 މިލިއަން ރުފިޔާ އެވެ.

މިފްކޯއިން ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މަސް ގަންނަމުން ދަނީ ކިލޯއެއް 16 ރުފިޔާގެ މަގުންނެވެ. މިފްކޯއިން މަހުގެ އަގު ދަށްކުރުމުގެ ސަބަބުންނާއި، ދަރަންޏަށް ނަގާ މަހަށް ފައިސާ ނުދީ ލަސްކުރަމުންދާތީއާއި، މަސްވެރިންނަށް ތެލާއި އައިސް ލިިބުމުގައި ހުރި ދަތިތަކާހުރެ މަސްވެރިން މިފްކޯއަށް މަސް ވިއްކާ މިންވަރު ވަނީ ބޮޑު ތަނުން ދަށްވެފަ އެވެ. މަސްވެރިން ބުނީ، މިހާރު މިފްކޯއަށް ބަރޯސާއެއް ނެތް ކަމަށެވެ.

މިލިޔުމާއި ގުޅޭ