back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ރާއްޖެއިން ޗައިނާއަށް ބޭރުކުކުރާ މަހުގެ ބާވަތްތައް ކަރަންޓީން ކުރުމުގެ މިންގަޑުތައް ކަނޑައެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޗައިނާއަށް އެކްސްޕޯޓްކުރާ މޯލްޑިވިއަން ވައިލްޑް އެކްވަޓިކް ޕްރޮޑަކްޓްސް އިންސްޕެކްޝަން އަދި ކަރަންޓީން ކުރުމުގެ ޝަރުތުތައް ކަނޑައެޅުމަށް ޗައިނާގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އާއި އެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ޕްރޮޓޮކޯލެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމް.އެފް.ޑީ.އޭ ގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އިސްމާއީލް ޒާހިރު އެވެ. ޗައިނާ ގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ވައިސް މިނިސްޓަރ ވޫ ހައިޕިންގް އެވެ.

މި ޕްރޮޓޮކޯލްގެ ސަބަބުން ދެގައުމުގެ ދެމެދުގައި ވިޔަފާރި ކުރުމަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން ދިވެހި ވިޔަފާރިވެރިންނަށް މިހާރު އެކްސްޕޯޓް ނުކުރެވޭ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އޭގެ ތެރެގައި ފަރުމަހާއި، ހުއިފިލަނޑާގެ ބާވަތްތައް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ވިދާޅުވީ މިއީ ދެގައުމަށްވެސް ފައިދާކުރުވަނިވި އެއްބަސްވުމެއް ކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތަށާއި ގައުމުގެ އިގްތިޞާދަށް ހެޔޮ ބަދަލެއް އަންނާނެކަން ދެގައުމުން ވެސް ފާހަގަކޮށްފައިވެއެވެ.

”އެފްޓީއޭއަށްވެސް އަންނަ އަހަރު ކުރީކޮޅު އަމަލުކުރަން ފަށާއިރު، މިއެއްބަސްވުމާއެކު ރާއްޖޭން ޗައިނާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓުކުރުމަށް ފަސޭހަވެގެންދާނެ،“ ސަފީރު ވަންގ ލީޝިން ވިދާޅުވި އެވެ.

ޗައިނާއަށް ކަނޑުމަހުގެ ބާވަތްތަކާއި ސީފުޑްގެ ބާވަތްތައް އެކްސްޕޯޓުކުރެވެނީ ވަކި ޚާއްސަ މިންގަނޑުތަކެއް ފުރިހަމަކުރުމުންނެވެ. އެހެންކަމުން މި އެއްބަސްވުމާއެކު އެކަންކަމަށް އެހީތެރިވެދޭނެ އެވެ.

މިލިޔުމާއި ގުޅޭ