back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިފްކޯއަށް މަސްކިރާ މިންވަރު ބޮޑުތަނުން ދަށަށް!

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އަށް އޮޑިފަހަރުތަކުން މަސް ކިރާ މިންވަރު ބޮޑު ތަނުން ދަށަށް ހިނގައްޖެއެވެ.

މިފްކޯގެ ތަފާސް ހިސާބުތަކުން ދައްކާގޮތުންނަމަ، މިމަހުގެ ފުރަތަމަ ދެހަފުތާގައި، މިފްކޯގެ ފެސިލިޓީތަކަށް އޮޑިފަހަރުން މަސްކިރާފައިވާ މިންވަރު ވަަރަށް ދަށެވެ. މިމަހުގެ  ފުރަތަމަ ހަފުތާގައި،(1-7 އާ ހަމަޔަށް)، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް(އޭއެފްސީ)، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް(ކޭއެފްސީ) އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް(އެފްއެފްސީ)އަށް ކިރާފައިވަނީ 504.5 މެޓްރިކްޓަނުގެ މަހެވެ. އަދި، މިމަހުގެ ދެވަނަ ހަފުތާގައި(8-14 އާ ހަމަޔަށް) ކިރާފައިވަނީ ޖުމްލަ 243.8 މެޓްރިކް ޓަނުގެ މަހެވެ. މިއީ ދެ ހަފުތާ އަޅާ ކިޔާއިރު %51.7 ދަށްވުމެކެވެ.

ދެހަފުތާގެ ދުވަސްތަކުގެ ތެރެއިން އެންމެ ގިނައިން މަސްކިރާފައި ވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އެދުވަހު، ކޭއެފްސީއަށާއި، އެފްއެފްސީއަށް 46 ދޯންޏަކުން 155 މެޓްރިކް ޓަނުގެ މަސް ކިރާފައި ވެއެވެ. އެންމެ މަދުން މަސް ކިރާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެ ދުވަހު ކޭއެފްސީއަށާއި، އެފްއެފްސީއަށް މަސް ކިރީ އެންމެ ދެ އޮޑިއެވެ. ކިރާފައިވަނީ ޖުމްލަ 4 މެޓްރިކް ޓަނުގެ މަހެވެ.

މަސްކިރާ މިންވަރު މިހާ ބޮޑަށް ދަށްވެފައި މިވަނީ މައިގަނޑު ތިން ސަބަބަކާ ހުރެއެވެ. އެއީ، އެ މުއްދަތުގައި މޫސުން ގޯސްވުމާއި، މަސްވެރިކަން ދަށްވުމާއި، ތެޔޮ ލިބުން ދަތިވުމެވެ. މިހާލަތްތަކާހުރެ ގިނަ އޮޑިތައް މަހަށް ނުދާއިރު، މި މުއްދަތުގައި މަސް ބޭނި ބައެއް އޮޑި ފަހަރުތައް ޕްރައިވެޓް ކުންފުނިތަކަށް މަސްކިރާފައި ވެއެވެ.

މިލިޔުމާއި ގުޅޭ