back to top
30 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

މިފްކޯ އަނެއްކާވެސް 9.1 މިލިއަން ރުފިޔާގެ ބެކްލޮގަކަށް، ފައިސާ ދެއްކޭނެ ދުވަހެއް ނޭނގޭ!

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މަސްވެރިން އަތުން ގަތް މަހަށް ފައިސާ ދެއްކޭނެ ދުވަހެއް ބުނަން ދަތި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯއިން މިއަދު މީޑިއާތަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، 28 ސެޕްޓެމްބަރުން ފެށިގެން އިއްޔެގެ ނިޔަލަށް މިފްކޯއަށް ކިރާފައިވާ މަހަށްވާ ފައިސާ ދެއްކޭނެ ތާރީޚެއް މިވަގުތު ބުނަން ދަތިކަމަށެވެ، ސަބަބެެއްކަމުގައި ބުނެފައިވަނީ، މަސްވެރިކަން ދަށްވެ، ކުންފުނީގެ މާލީ ހާލަތު ހުރިގޮތުންކަމަށެވެ.

މިފްކޯއިން ބުނީ، އެކުންފުނީގެ އުންމީދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވީހާވެސް އަވަހަކަށް ދައްކާ ޚަލާސްކުރުމަށްކަމަށާއި، އެކަމާއި ގުޅޭ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

”ފައިސާ ހޯދުމަށް ކުރިއެކޭވެސް އެއްގޮތަށް ސަރުކާރާއެކުގަ މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. އުންމީދަކީ ވީއެންމެ އަވަހަކަށް ފައިސާ ހަލާސްކުރުން. މިކަމުގައި އިތުރު މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރާނަން.“ މިފްކޯގެ މެސެޖުގައި ވެއެވެ.

މިފްކޯއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ނިމިގެން ދިޔަ ދެ ހަފުތާގައި އޮޑިފަހަރުން މިފްކޯއަށް ކިރާފައިވަނީ، 882.32 މެޓްރިކް ޓަނުގެ މަހެވެ. އެމަހުގެ އަގަކީ، 9.1 މިލިއަން ރުފިޔާ އެވެ.

މިިދިޔަ ދެހަފުތާގައި މޫސުން ގޯސްވުމުގެ ސަބަބުން ވަރަށް ގިނަ އޮޑިފަހަރު މަހަށް ނުފުރަ އެވެ. އަދި، މިފްކޯއިން ފައިސާ ނުދެއްކާތީއާއި، ކްރެޑިޓަށް ތެޔޮ ދޫނުކުރާތީ މަހަށް ފުރަން ތެޔޮ އެޅޭނެގޮތެއް ނެތިގެން ބައެއް އޮޑި ފަހަރު މަހަށް ނުދެއެވެ. މި ސަބަބާހުރެ މިފްކޯގެ ފެސިލިޓތަކަަށް މަސްކިރާ އޮޑި ފަހަރު އަދަދުވެސް ވަނީ ބޮޑު ތަނުން ދަށްވެފަ އެވެ.

 

މިލިޔުމާއި ގުޅޭ