back to top
29 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

ފިޔޯރީ އައިސް ޕްލާންޓް ބަންދުކުރަނީ

ގދ ފިޔޯރީ އައިސް ޕްލާންޓް ބަންދުކުރަން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، އެތަން ބަންދުކުރަން ނިންމީ މިހާރު ހުރި ޕްލާންޓް މަރާާތުނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ ކަމަށެވެ. އަދި، ފިޔޯރީގައި މަސްފެކްޓަރީ ގާއިމުކުރާއިރު، 100 ޓަނުގެ ޕްލާންޓެއް ގާއިމުކުރުމަށް ނިންމާފައިވާތީ ކަމަށެވެ.

ގދ. ފިޔޯރީ އައިސް ޕްލާންޓް ގާއިމުކުރީއްސުރެ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން ހިންގަމުން ދިޔަނަމަވެސް، އެތަން ފެނަކައާއި ހަވާލުކޮށްފައިވަނީ، 22 ސެޕްޓެމްބަރު 2022 ގައެވެ. އެއީ،ީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ.

ފިޝަރީޒް މިނިސްޓްރީން އެތަން ބަންދުކުރަން ނިންމާފައިމިވަނީ، އެތަނުން ޚިދުމަތް ނުދޭތާ އެތައްދުވަހެއްވެ، ފިޔޯރީ މަސްވެރިންނާއި ކައުންސިލުން އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެތަން އޮޕަރޭޝަނަށް ގެންނަން ތަކުރާރުކޮށް އެދިފައިވަނިކޮށްނެވެ.

ފިޔޯރީ ކައުންސިލުން އެދުނީ އެރަށު އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސްދިނުމަށް

ފިޔޯރީގައި، 25 ޓަނުގެ އައިސް ޕްލާންޓެއް އެޅުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން 31 ޖެނުއަރީ 2023ގައި ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައި ވެއެވެ. 170 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ފެނަކައާ  އެ މަސައްކަތް ހަވާލުކޮށްފައިވަނީ 4.89 މިލިއަން ރުފިޔާއަށެވެ. އެހެންނަމަވެސް، އައިސް ޕްލާންޓްގެ މަސައްކަތް ކުރިޔަށް ގެންދިޔަކަމެއް، ނުވަތަ އޭގެ ތަފުސީލީ މައުލޫމާތެއް ލިބޭގޮތެއް ނުވެއެވެ. ފެނަކައިން މިދިޔަ އޮގަސްޓްމަހު ވަނީ އައިސް ޕްލާންޓް އެޅުމާއި އޮޕަރޭޓްކުރުން ހުއްޓާލިކަން އިއުލާނުކޮށްފަ އެވެ. އަދި އެތަނުން ހިންގަމުން އައި  އައިސް ޕްލާންޓްގެ ތެރެއިން، 12 އައިސް ޕްލާންޓެއް މިހާރު ވަނީ މިފްކޯއާ ހަވާލުކޮށްފަ އެވެ. ހަވާލުނުކުރާ އައިސް ޕްލާންޓްތައް އަދިވެސް ހިންގަމުން އަންނަނީ ފެނަކައިންނެވެ.

ފިޔޯރީގައި އަޅަން ސަރުކާރުން ނިންމާފައިވަނީ 3000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ދުވާލަކު 100 ޓަނު ޕްރޮސެސް ކުރެވޭ މަސް ކާރުޚާނާއެކެވެ. އެ މަސްފެކްޓަރީ އެޅުމަށްޓަކައި ހަދަންޖެހޭ ޓެކްނިކަލް ޕްރޮޕޯސަލް ތައްޔާރު ކުރުމުގެ މަަސައްކަތް، އެމަޝްރޫއު ކުރިޔަށްގެންދާ ޗައިނާގެ ޑޮންފަންގް ކުންފުނިންކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެއެވެ. މަސް ކާރުޚާނާ ހެދުމަށް ސަރުކާރުން އެކުންފުންޏާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ 14 އެޕްރީލް 2024ވަނަ ދުވަހު އެވެ.

މިލިޔުމާއި ގުޅޭ