ރާއްޖޭގެ އެކި އެކިހިސާބަށް މިއަދުވެސް ވިއްސާރަކުރާނެކަމަށް މޫސުމާބެހެ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ، ބައެއް ރަށްތަކަށް ބޯކޮށް ވާރާވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި، ވައިޖެހޭނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.
އަދި ކަނޑުތައް ގަދަވެފައި، ރާޅު ނަގާނީ 5-8 ފޫޓު އުސްމިނުގައި ކަމަށް ލަފާކޮށްފައި ވެއެވެ.
މޫސުން ގޯސްކަމުން މިވަގުތުވެސް، ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމަޔަށް އޮތީ ރީނދޫ ސަމާލު ނެރެފަ އެވެ. ހެނދުނު 06:00 އިން 10:00 އާ ހަމަޔަށް އެއަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހި ވައި ގަދަވާނެކަމަށް ލަފާކޮށްނެވެ. އެގޮތުން އެ ސަރަހައްދަށް، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.