ދ. އަތޮޅާއި،. ތ. އަތޮޅާއި، ލ އަތޮޅަށްވެސް ހުދު ސަމާލު ނެރެފި އެވެ.
މި ތިން އަތޮޅަށް ހުދު ސަމާލު ނެރުނީ 15:30 އިން 19:30 އާ ހަމަޔަށެވެ. ސަމާލު ނެރެފައިވަނީ، ބޯކޮށް ވާރޭވެހުމާއެކު، ގުގުރާނެކަމަށް ލަފާކޮށްނެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
ވައިގަދަވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ހެނދުނު 09:30 އިން 15:30އަށް، ޅ. އަތޮޅުން ފެށިގެން ފ އަތޮޅާ ހަމަޔަށް ހުދު ސަމާލު ނެރުނެވެ. މި ސަމާލު ވަގުތު ހަމަވުމާއެކު މިހާރުވަނީ، ފ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމަޔަށް ސަމާލު ވަނީ ދަންމާލާފަ އެވެ.
ހަވީރު 06:00 އާ ހަމަޔަށް މޫސުން ކުރިޔަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށެވެ. އަދި، ދެކުނުގެ ބައެއް ރަށްތަކަށް، ކެރީގެ އަސަރު ފޯރާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު 8 މޭލާއި 18 މޭލު ދެމެދުގެ ބާރުމިނުގައެވެ. އަދި، ވިލާ ގަނޑުގައި ގަޑީއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށިގެންވާކަމަށް އެއިދާރާއިން ބުނެފައިވެއެވެ.
މިއަދު ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް، ކަނޑު އާދައިގެ ވަރަކަށް ގަދަ އެވެ. މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަދަވާނެކަމަށާއި،ރާޅު ނަގާނީ 6-3 ފޫޓް އުސްމިނުގައިކަމަށެވެ.