މިރޭ ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް ކަނޑުގަދަވާނެކަމަށް، މުސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މޫސުން ކުރިޔަށް ލަފާކޮށް އެ އިދާރާއިން ބުނެފައިވަނީ، މިރޭ ދެނުކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަޑުގައި ގަދަވާނެކަމަށެވެ. އަދި، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަދަވާނެކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް 3-5 ފޫޓްގެ އުސްމިނުގައި ރާޅުނަގާނެކަމަށް ލަފާކޮށްފައިވާއިރު، އުތުރާއި މެދު ރާއްޖެތެރޭގައި ރާޅުނަގާނެކަމަށް ލަފާކޮށްފައިވަނީ 4-7 ފޫޓް އުސްމިނުގަ އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މިރޭ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށިގެންވާކަމަށެވެ. އަދި، ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުަތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ލަފާކޮށްފައި ވެއެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ބުނެފައި ވެއެވެ.
މޫސުން ގޯސްވެ، މިރޭ 12:00 އާ ހަމަޔަށް، ހ އަތޮޅުން ފެށިގެން މ އަތޮޅާ ހަމަޔަށް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ.