މިއަދުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.
އެއިދާރާއިން ބުނީ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ. އަދި، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް އެއިދާރާއިން ބުނެފައި ވެއެވެ.
އެ އިދާރާއިން ވަނީ މިއަދު ކަނޑުވެސް ގަދަވާނެކަމަށް ލަފާކޮށްފަ އެވެ. ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ، 4-7 ފޫޓު އުސްމިނުގަ އެވެ.
ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ ހއ އަތޮޅުން ފެށިގެން، ތ އަތޮޅާ ހަމަޔަށް މޫސުމީ ވައިޓް އެލާޓްވެސް ނެރެފަ އެވެ. މެންދުރު 12:00 އާ ހަމަޔަށް އެއަތޮޅުތަކަށް އެލާޓް ނެރެފައިވާއިރު، އެލާޓްގެ ވަގުތުތަކުގައި އެ ސަރަހައްދަށް ގުުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
White Alert for heavy rain,strong winds and rough seas. pic.twitter.com/dWGUW7C28X
— Maldives Meteorology (@MetMaldives) September 26, 2024
މޫސުން ގޯސްކަމުން ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.