މެރިޓައިމް ޓްރެއިނިންގް އިންސްޓިޓިއުޓްގެ ފަރާތުން ގދ. ގައްދޫގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ނިޔަމި ކޯސް 2“ ގެ ދެވަނަ ބެޗް ގައި ބައިވެރިވުމުގެ ފުުރުސަތު ހުޅުވާލައިފި އެވެ.
މި ކޯހުގައި ބައިވެރިވުމަށްް ޝައުޤުވެރިވާ ފަރާއްތަކަށް ނަން ނޯޓްކުރުމުގެ ފުރުސަތު، އިއްޔެ ގައްދޫ ކައުންސިލުން ހުޅުވާލާފައިވާއިރު، އަންނަ މަހުގެ 1 ވަނަ ދުވަހުގެ 14:00 އާ ހަމަޔަށް ކޯހުގައި ބައިވެރިވުމަށް ނަން ނޯޓް ކުރެވެއެވެ.
ދެގޮތަކަށް މި ކޯހުގައި ބައިވެރިވުމަށް ނަން ނޯޓް ކުރެވެއެވެ. އެއީ ކައުންސިލް އިދާރާއަށް ގޮސްގެންނާއި، އީ-މެއިލް މެދުވެރިކޮށްނެވެ، ކައުންސިލަށް ގޮސް ކޯހަށް ނަން ނޯޓްކުރަން ބޭނުންވާ ފަރާތްތަކަށް ދީފައިވާ މުއްދަތުގެ ތެރޭގައި،ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 14:00 އަށް ކައުންސިލަށް ގޮސް ނަން ނޯޓްކުރެވިދާނެއެވެ. މެއިލް މެދުވެރިކޮށް ނަންނޯޓްކުރާ ފަރާތްތަކަށް ކައުންސިލްގެ އީމެއިލް info@gadhdhoo.gov.mv އަށް މެއިލް ކުރެވޭނެއެވެ.
މިކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، ކައުންސިލް އިދާރާގެ ނަންބަރު 9900297 ގުޅާލުމުން މައުލޫމާތު ލިބޭނެއެވެ.