ކ. ގާފަރުގައި މަސް ކައްކާ ހިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.
ގާފަރު ކައުންސިލުން ބުނީ، މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލަނީ، އެފަދަ ފަރާތްތަކުގެ މަސައްކަތްތައް ވިހާވެސް ރަނގަޅުގޮތުގައި ކުރިޔަށްގެންދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ކައުންސިލުން ބޭނުންވާތީކަމަށެވެ.
ގާފަރު ކައުންސިލުން މިއަދު ވަނީ އެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން، އަމިއްލަ ގޭގޭގެ އާއި ރަށުގެ އެކި ސަރަހައްދު ތަކުގައި ހަޓް ހަދައިގެން މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރާ ފަރާތްތަކުން ދަފްތަރު ކުރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމަށް ކައުންސިލުން އެދިފައި ވެއެވެ.
ބޭނުންވާ މައުލޫމާތު:
- މަސްކައްކާ ހިއްކުމުގެ މަސައްކަތްކުރާ ފަރާތުގެ ނަމާއި އެޑްރެސް
- ގުޅޭނެ މޯބައިލް ނަމްބަރު
- ހަޓް ހުރިތަން ނުވަތަ މަސްކައްކައްކާ ހިއްކުމުގެ މަސައްކަތްކުރާ ތަން
ކައުންސިލުން ބުނީ، މި މަޢުލޫމާތު 23 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެއިދާރާގެ ނަމްބަރު 7498930 އަށް ވައިބަރ ކޮށްދިނުމަށް ނުވަތަ އެ އިދާރާގެ ނަމްބަރު 6641941 އާއި ގުޅައިގެން މައުލޫމާތު ހިއްސާކޮށްދިނުމަށް އެދޭކަމަށެވެ.