މިއަދު ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
ވައިޖެހޭނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވަނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 30 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ބުނެއެވެ.
މެޓް އޮފީހުން ބުނީ، ވިއްސާރަވިއަސް ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށެވެ. އަދި، ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވިނަމަވެސް ރާޅު ނަގާނީ 2-5 ފޫޓު އުސްމިނުގައި ކަމަށް ލަފާކޮށްފައި ވެއެވެ.