back to top
32 C
Malé
- އިސްތިހާރު -spot_imgspot_img

މަގްބޫލް ލިޔުންތައް

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ވެސް އޮޕަރޭޝަނަށް ގެނެސްފި

މިފްކޯއިން މިރޭ ފައިސާ ދޫކުރުމުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އިހުތިޖާޖު ކުރަމުންދިޔަ އައްޑޫ މަސްވެރިން އިހުތިޖާޖު ހުއްޓާލައިފި އެވެ.

ކެޔޮޅާއަށް މައުލޫމާތު ދެމުން އައްޑޫ ސިޓީ އިހުތިޖާޖުގެ ބައިވެރިއަކު ބުނީ އިހުތިޖާޖު ހުއްޓާލީ ދެންމެ ކަމަށާއި، އިހުތިޖާޖު ހުއްޓާލުމުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ވެސް އޮޕަރޭޝަނަށް ގެނެވޭނެކަމަށެވެ.

”އަހަރުމެން ދެންމެ މި ނިންމީ. ކޫއްޑޫ ކޮޅުންވެސް އިހުތިޖާޖު ހުއްޓާލަން ނިންމީމައި އަހަރުންވެސް އެގޮތަށް މިހެދީ. ކޮމްޕްލެކްސް އާދައިގެ މަތިން ދެން އޮޕަރޭޝަނަށް އަންނާނެ.“ ކެޔޮޅަކު ބުންޏެވެ.

އައްޑޫ ސިޓީ މަސްވެރިން އިހުތިޖާޖު ކުރާތާ ތިން ދުވަސްވެއްޖެ އެވެ. އިހުތިޖާޖާއި ގުޅިގެން ފިޝަރީޒް ކޮމްޕްލެކްސް ގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. މިހާރު މަސްވެރިން އެތަނުން ނިކުންނަމުން އެބަދެއެވެ. އަދި ހުޅުދޫ ނޫން އެހެން ރަށްރަށުން އެތަނަށް ގޮސް ތިބި މަސްވެރިން މިހާރު ދަނީ ރަށަށް ފުރަން ތައްޔާރުވަމުންނެވެ.

ހުޅުދޫގެ އިތުރުން ކޫއްޑޫގައިވެސް އެހެން އަތޮޅުތަކުގެ މަސްވެރިން މިރެއާ ހަމަަޔަށް ދިޔައީ އިހުތިޖާޖު ކުރަމުންނެވެ. މިރޭ މިފްކޯއިން ފައިސާ ދޫކުރިކަން ޔަގީން ވުމުން އެރަށުގައި ތިބި މަސްވެރިންވެސް އިހުތިޖާޖު ރޫޅާލާ މިހާރު ދަނީ ފުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ކޫއްޑޫ ފެކްޓަރީވެސް އަނބުރާ އޮޕަރޭޝަނަށް ގެނެވޭނެ ޖާގަ މިހާރުވަނީ ލިބިފަ އެވެ.

މިފްކޯއިން މިރޭ ދޫކުރީ 70 މިލިއަން ރުފިޔާ އެވެ. މިދިޔަ ހަފުތާ ކިރި މަހުގެ 26 މިލިއަން ރުފިޔާ މި ހަފުތާ ތެރޭ ދޫކުރާއިރު އަންނަ އާދިއްތަ/ ހޯމައިގައި 30 މިލިއަން ދޫކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ބާކީ 180 މިލިއަން ރުފިޔާ މާޗު 5 އަށް ދީ ޚަލާސްކުރާނެކަމުގެ ޔަގީންކަންވެސް ސަރުކާރުން ވަނީ ދީފަ އެވެ.

 

މިލިޔުމާއި ގުޅޭ